ރާއްޖޭގައި ފަސް ސަރަހައްދެއް ސްޕޯޓްސް ފިޝިންއަށް ތަރައްގީ ކުރުމަށް ނިންމާފައިވާ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ފަރާތުން އިއްޔެ މެންދުރުފަހު ރާއްޖޭގެ އަޑުގެ ސެނެކޯ މާލަމުގައި އޮތް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
ވަޒީރު ވިދާޅުވި ގޮތުގައި މިއީ ރާއްޖޭގައި މިހާރު ހަރަކާތްތެރިވާ ސްޕޯޓްސް ފިޝިން ކޮމިއުނިޓީއަށާއި އިންޓަރނޭޝަނަލް ފިޝިން ކޮމިއުނިޓީއަށް ވެސް ބޭނުންވާ ހައްލުތައް ހޯދައިދިނުމަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މަސައްކަތެއް ކަމަށެވެ. މި މަޝްރޫއުގެ ސަބަބުން ރާއްޖެއަށް އިންވެސްޓްމަންޓް އިތުރުވެ ދައުލަތަށް އާމްދަނީ ވަންނާނެ ގޮތްތައް އިތުރުވެގެންދާނެ ކަމަށާއިމީގެ އިތުރުން، މި މަޝްރޫޢުގެ ސަބަބުން އިތުރު ވަޒީފާތަކާއި ވިޔަފާރި ފުރުސަތުތައް ހުޅުވިގެންދާނެ ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
-ހަމައެހެންމެ މިއީ މަސްވެރިކަން ސިންދަފާތު ކުރުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތްތަކުގެ ތެރެއިން އެއް މަސައްކަތްކަން ފާހަގަކުރެއްވުމާއެކު ވަޒީރު ވިދާޅުވީ މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާއަށް އައު ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށް ވަޒީރު އުންމީދު ކުރައްވާ ކަމަށެވެ.

