ބާ ކައުންސިލުން އެޓާނީ ޖެނެރަލް އުނިކުރާ ބިލާއި އަދިވެސް އެހެން ހަ ބިލެއް މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ފާސްކޮށްފި އެވެ.
ކޮމިޓީން ދިރާސާކުރުމަށްފަހު މަޖިލީހުގެ ތަޅުމަށް ހުށަހެޅި 7 ބިލަކީވެސް ސަރުކާރުގެ ފަރާތުން ހުށަހެޅުއްވި ބިލުތަކެކެވެ.
އެ ހަތް ބިލަކީ:
- ފޮރިން އިންވެސްޓްމަންޓްގެ ބިލު،
- ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު،
- ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާ ބެހޭ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު،
- ޞިއްޙީ ޚިދުމަތް ދިނުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު،
- ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު،
- ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ބިލު،
- ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު،
ވިޔަފާރި ރެޖިސްޓްރީ ބިލު
ސަރުކާރުގެ ފަރާތުން ފަރެސްމާތޮޑާ ދާއިރާގެ ކޮންގްރެސް މެމްބަރު އަޝްރަފް ރަޝީދު، ބޭރުގެ ފަރާތްތަކުން ރާއްޖޭގައި ސެކިއުރިޓީޒް ގައި އިންވެސްޓް ކުރެވޭނެ ދާއިރާ ކަނޑައެޅުމާއި އެ ނޫންވެސް ކަމާއި ގުޅޭ މައިގަނޑު އުސޫލުތައް ބަޔާން ކުރުމަށްޓަކައި ވިޔަފާރި ރަޖިސްޓްރީކުރުމުގެ ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމުގެ ބިލު: ކޮމިޓީން ފާސްކޮށްފައިވަނީ ކެނދިކުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު އަފޫ ހާމިދު ދެ އިސްލާހާއެކު ހުށަހެޅި ބިލު ފާސްކޮށްފައިވަނީ 77 މެންބަރުންގެ ވޯޓުންނެވެ.
މާލީ ސެކިއުރިޓީޒްއާ ބެހޭ ގާނޫނަށް
ސަރުކާރު ފަރާތުން އަފޫ ހުށަހަޅާފައިވާާ މި ބިލަކީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ހުއްދަކުރެވޭ ސެކިއުރިޓީޒްގެ ބާވަތްތަކުގައި އިންވެސްޓް ކުރެވޭނެ އުސޫލުތައް ކަނޑައެޅުމަށްޓަކައި މާލީ ސެކިއުރިޓީސް އާ ބެހޭ ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ބަޔާކޮށްފައިވާ ބިލެކެވެ. މި ބިލު ކޮމިޓީން ފާސްކޮށްފައިވަނީ އަފޫ ހުށަހުޅެއްވި ދެ އިސްލާހާއެކު 77 މެންބަރުންގެ އިއްތިފާގުންނެވެ.
ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނުގެ އިސްލާހު
ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން އިމްރާން ލަތީފް ހުށަހެޅުއްވި، ސިއްހީ ހިދުމަތް ދިނުމުގެ ނިޒާމަކީ ރާއްޖޭގައި ދިރިއުޅޭ އެންމެހާ މީހުން ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ދުޅަހެޔޮ ސިއްހަތަކަށް ވާސިލުވެ ދެމިތިބުމަށްޓަކައި ބަލިތަކާއި ސިއްހަތަށް ލިބޭ އެ ނޫންވެސް ގެއްލުނަކުން އެ މީހުން ދުރުވެތިބުމަށާއި ރައްކާތެރިވުމަށް ބޭނުންވާނެ މައުލޫމާތާއި ވަސީލަތްތަކާއި ހިދުމަތްތަކާއި ފަރުވާ، ދެމެހެއްޓެނިވި އުސޫލަކުން ކަމަށް ބުނެފައިވާ އިސްލާހީ ބިލު ފާސްކޮށްފައިވަނީ 77 މެންބަރުންގެ އިއްތިފާގުންނެވެ.

