ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ވަގުތީ ގޮތުން ބަންދުކޮށްފިއެވެ.
މިއަދުން ފެށިގެން މާދަމާ ހެނދުނު 6:00 އާއި ހަމައަށް ހަނިމާދޫއަށް ތާވަލުކޮށްފައިވާ ހުރިހާ ފްލައިޓެއް އޮޕަރޭޓު ކުރާނީ ކުޅުދުއްފުށި އެއާޕޯޓުން ކަމަށް ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަންއިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ބުނެފައެވެ.
ހަނިމާދޫ އާއި އިންޑިއާގެ ޓްރިވެންޑްރަމްއާއި ދެމެދު މިރޭ ކުރަން ހަމަޖެހިފައިވާ ދަތުރުވެސް ވަނީ މާދަމާ ރެއަށް ފަސްކޮށްފަ އެވެ. މޯލްޑިވިއަންއިން ބުނީ ޓްރިވެންޑްރަމްގައި ތިއްބެވި ފަސިންޖަރުން 8136914666 އަށް ގުޅައިގެން މައުލޫމާތު ސާފުކުރަން އެދޭކަމަށެވެ.
ހަނިމާދޫ އެއާޕޯޓުގައި ދިމާވި މައްސަލައިގެ ތަފްސީލު މޯލްޑިވިއަންއިން ހާމަކޮށްފައެއް ނުވެ އެވެ.
މިރެއަށް ޝެޑިއުލްކޮށްފައި އޮތް ހަނިމާދޫ/ޓްރިވިންޑްރަމް ފްލައިޓް މާދަމާ ދަތުރު ކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

