ޗިކަން ރިސޯޓޯ އަކީ ކްރީމީ ޓެކްސްޗާ އާއި މުއްސަނދި ރަހަތަކުގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަގުބޫލުކަން ހޯދާފައިވާ އިޓަލީގެ ކްލާސިކް ކެއުމެކެވެ
ފަސޭހަ އަދި އިގްތިސާދީ ގޮތުން ފައިދާހުރި ކުކުޅު ރިސޯޓޯ އަކީ އާދައިގެ ތަކެތި ބޭނުންކޮށްގެން އެންމެ މަދު މަސައްކަތަކުން ވެސް ތައްޔާރު ކުރެވޭ މީރު އަދި ގިނަ ގޮތްގޮތުން ބޭނުންކުރެވޭ ކެއުމެކެވެ. އޭގެ ކްރީމީ ޓެކްސްޗާ އާއި މުއްސަނދި ރަހަތަކުގެ ސަބަބުން ޗާޗް އިވެންޓްތައް ހިމެނޭ ގޮތަށް ބޮޑެތި ޖަލްސާތަކަށް ވެސް ކަމުދާ ތަނެކެވެ. މަތީގައި ބަޔާންކޮށްފައިވާ އިރުޝާދުތަކާއި ގޮތްތަކަށް ތަބާވުމުން، އެންމެންނަށް ވެސް ކަމުދާނެ ހިތްހަމަޖެހޭ އަދި ބަޖެޓް ފްރެންޑްލީ ކެއުމެއް އުފެއްދިދާނެ އެވެ.
ބޭނުންވާ ތަކެތި:
- 1 ފިޔާ
- 2 ލޮނުމެދު
- 1 ކެރެޓް ގާނާފައި
- 1 ސަމުސާ ލޮނު
- 1 ކިލޯ ކުކުޅު މަސް (ކުކުޅު ފެނުގައި، ލޮނާއި އަސޭމިރުސް، 3 ކަރަންފޫ، 1 ފޮނިތޮށި އަޅައިގެން ފެނުކެެއްކުމަށްފަހު ނަގައިގެން މަސްކޮޅު ކުދިކުދިކޮށް ދިގަށް ވާގޮތަށް ކޮށާފައި) (ކުކުޅު ކެއްކި ފެން ވަކިން ތަށްޓަކަށް އަޅާފައި ބަހައްޓާށެވެ.)
- 1 ސަމުސާ އަސޭމިރުސް
- 1 ސަމުސާ ޕެޕްރިކާ
- 1 ޓޮމާޓޯ
- 1 ޖޯޑު ރިސޯޓޯ (ނެތިއްޔާ އާދައިގެ ހަނޑޫ ދޮވެފައި/ކުޑަކޮށް ރޯފިލުވާފައި، މުޅިން ބަތަށް ވާވަރަށް ނުކައްކައި)
- 50 ގްރާމް ބަޓަރ
- ގާނާފައި ހުރި ޗީޒް (ޕާމޭސަން)
- ޕާސްލީ

ޗިކަން ރިސޯޓޯ
ތައްޔާރުކުރާނެ ގޮތް:
ފިޔާ، ލޮނުމެދު، ކެރެޓް، ލޮނު އަޅާފައި މަޑުގިނީގައި ހަނާކޮށްލާށެވެ. ދެން ކުކުޅު މަސްކޮޅު އަޅާފައި، ޓޮމާޓޯ، އަސޭމިރުސް، ޕެޕްރިކާ، ހަނޑޫކޮޅު އަޅަައިގެން އެއްކޮށްލާށެވެ، އަދި ކުކުޅު މަޑުކުރި ފެން އަޅާށެވެ. އޭގެ ތެރެއަށް ބަޓަރ، އަދި ޗީޒާއި ޕާސްލީކޮޅު އަޅައި މަތިޖަހައިގެން ކައްކާށެވެ.

