ބުރިޖްމަތީގަ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގަ 21 އަހަރުގެ މީހަކާއި 19 އަހަރުގެ މީހަކާއި 43 އަހަރުގެ މީހަކަށް ފަރުވާދޭން ފަށައިފިއެވެ.
ފުލުހުންބުނީ އެ އެކްސިޑެންޓް ހިނގާފައިވަނީ ބުރިޖް ލައިޓްކައިރިން ދެ ސައިކަލެއް ޖެހިގެންކަމަށެވެ.
އެ އެކްސިޑެންޓް ހިނގާފައިވާ ކަމުގެ ރިޕޯޓް ފުލުހުންނަށް ލިބުނީ މިއަދު 5:26 ގައި ކަމަށެވެ. އެ އެކްސިޑެންޓްގައި އަނިޔާވިމީހުނަށް މިހާރު ގެންދަނީ ފަރުވާ ދެމުންކަމަށާއި، 21 އަހަރުގެ ފިރިހެންމީހާއާއި، 19 އަހަރުގެ އަންހެންމީހާއަށް ފަރުވާ ދެމުންދަނީ އައިޖީއެމްއެޗް ހޮސްޕިޓަލުގައި ކަމަށެވެ. ދެން ޖެހުނު ސައިކަލް ދުއްވި މީހާ އަށް ފަރުވާ ދެމުން ދަނީ އޭޑީކޭ ހޮސްޕިޓަލުގައި ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ އެ އެކްސިޑެންޓްގެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގް ކުރަމުން ކަމަށެވެ.

