އައިޖީއެމްޗް ޑިއުޓީގައި ހުރި ފުލުހެއްގެ ގައިގައި ޖެހި މީހަކު ހައްޔަރުކޮށްފިއެވެ.
މި މީހާ ފުލުސް މީހާ ގައިގައިޖެހީ އިއްޔެގެ ވަގުތެއްގަ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. އައިޖީއެމް ހޮސްޕިޓަލުގައި ޑިއުޓީގައި ހުރި ފުލުހަކާއި މާރާމާރީ ހިންގި މައްސަލައަކާއި ގުޅިގެން ފުލުހުން ހައްޔަރު ކޮށްފައި ވަނީ އުމުރުން 43 އަހަރުގެ ފިރިހެނެކެވެ. އެއީ ދިވެއްސެކެވެ.
ހައްޔަރު ކުރި މި މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ ހަތް ދުވަހުގެ މުއްދަތެއް ޖަހާފައެވެ.

