މާފުށީ ޖަލަށް ފޯނާއި މަސްތުވާތަކެތި ވައްކަމަށް ތުހުމަތު ކުރެވޭ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އޮފިސަރުންގެ ތެރެއިން ފަސް މީހެއްގެ މައްޗަށް ދައުވާ އުފުލައިފިއެވެ.
ގަވާއިދާ ހިލާފަށް މާފުށީ ޖަލަށް ތަކެތި ވައްދާކަމުގެ ތުހުމަތުގައި ހިންގި ޚާއްޞަ އޮޕަރޭޝަނުގައި ކަރެކްޝަނަލް ސަރވިސްގެ އޮފިސަރުންތަކެއް ހައްޔަރުކުރީ ޖޫން މަހުގެ 28 ވަނަ ދުވަހުއެވެ.
ފުލުހުން ވިދާޅުވެފައިވަނީ މާފުށީ ޖަލަށް ފޯނާއި މަސްތުވާތަކެތި ވެއްދުމުގައި ކަރެކްޝަންސްގެ 18 މުވައްޒަފަކު އެހީވާކަން އެނގިފައިވާ ކަމަށެވެ. އޭގެތެރެއިން 13 އޮފިސަރެއް ޙައްޔަރުކޮށް ދައުވާކުރުމަށް ފުލުހުން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވިއެވެ. ފުލުހުން ބުނީ އެމީހުންގެ މައްޗަށް ތުހުމަތުކުރެވޭ ހެކި ލިބިފައިވާކަމަށެވެ.

މާފުށީ ޖަލަށް މަނާ ތަކެތި ވައްދާކަމުގެ ތުހުމަތު ކުރެވޭ 13 ކަރެކަަަަަޝަންސް އޮފިސަރުން
މި 13 އޮފިސަރުންގެ ތެރެއިން 5 މީހެއްގެ މައްޗަށް ދަޢުވާ އުފުލާފައިވާކަަމށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވިދާޅުވެއެވެ. އެގޮތުން އެމީހުންގެ މައްޗަށް ދަޢުވާކުރުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހުށައަޅާފައިވާކަމަށް ޕްރޮސެކުއުޓަރ ޖެނެރަލްގެ އޮފީހުން ވިދާޅުވިއެވެ.
ދަޢުވާ އުފުލި 5 މީހުން:
- 1. ރ. އުނގޫފާރު، އައިވަރީހައުސް، ޖިނާޙް ޢަބްދުއްރަޙީމް
- 2. ކ. މާފުށި، ބީޗްހައުސް، ޢަލީ ހިޝާމް
- 3. ހދ. ނޭކުރެންދޫ، ތަރާނާގެ، ޢަލީ ނާޡިމް
- 4. ގއ. ވިލިނގިލި، ކުއްޅަވައްގެ، މުޙައްމަދު ފަތޫޙު ފަތުޙުﷲ
- ނ. ލަންދޫ، ކާމިނީގެ، ޢަލީ އަސްފާގު

