ތުރުކީގެ ފޮރިން މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް ފޮރ އޮވަރސީސް ޕްރޮމޯޝަން އެންޑް ކަލްޗަރަލް އެފެއާޒް އެމްބެސެޑަރ އައިޑާރ އުންލު އާ ދިވެހިރާއްޖޭން ތުރުކީއަށް ކަނޑައަޅާފައި ހުންނަ ސަފީރު ލެފްޓިނެންޓް ޖެނެރަލް (ރޓޔ) އަބްދުލް ރަހީމު ޢަބްދުލް ލަތީފު ބައްދަލުކުރައްވައިފިއެވެ.
ތުރުކީގެ ފޮރިން މިނިސްޓްރީގައި ބޭއްވުނު މި ބައްދަލުކުރެއްވުމުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމުގެ ގޮތުންވަނީ މަޝްވަރާ ކުރައްވާފައެވެ.
އަދި ވަކީން ހާއްސަކޮށް ތުރުކީގައި ދިވެހި ދަރިވަރުންނަށް ހުރި މަތީ ތައުލީމުގެ ފުރުޞަތުތަކާ ގުޅޭގޮތުންވަނީ މަޝްވަރާކުރައްވާފައެވެ.

