އުޖާލާ މުސްތަގުބަލަކަށް ބޭނުންވާ މާލީ ހުނަރުތައް ދަރިވަރުންނަށް ހޯދައިދިނުމަށް ގިޔާސުއްދީން ސްކޫލާއި އެމްއައިބީ އާއެކު އެއްބަސްވުމެއް ހަދައިފިއެވެ.
މޯލްޑިވްސް އިސްލާމިކް ބޭންކުން ބުނީ ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލާއެކު ޕާޓްނާޝިޕް އިއުލާނުކުރުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއްކަމަށެވެ.
“އަޅުގަނޑުމެންގެ އާ އެމްއޯޔޫ މެދުވެރިކޮށް، އައިލާ ކާޑުގެ ފައިދާތަކަށް ދަރިވަރުންނާއި ބެލެނިވެރިން ނަށް ލިބިގެންދާނެ” އެމްއައިބީ
އެ އެމްއޯގެ ދަށުން ދަރިވަރުން އަހުލުވެރިކޮށް، އުޖާލާ މުސްތަގުބަލަކަށް ބޭނުންވާ މާލީ ހުނަރުތައް ދަރިވަރުންނަށް ހޯދައިދެވޭނެ ކަމަށްވެސް އެ ބޭނުކުންވަނީ ބުނެފައެވެ. އެ އެއްބަސްވުމުގައި ބޭންކްގެ ފަރާތުން ސޮއިކުރެއްވީ އެމްއައިބީގެ ސީއީއޯ މުފައްދަލް އިދުރީސް އެވެ. އަދި ގިޔާސުއްދީން ސުލޫލުގެ ފަރާތުން ސޮއިކުރެއްވީ އެ ސްކޫލްގެ ޕްރިންސިޕަލް ތޯހާ ސަލީމެވެ.

