މާލޭ އާ ސަހަރާގެ މަަސައްްކަތް ސެޕްޓެމްބަރު މަހަށް ނިންމާލެވޭނެކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
މޭޔަރު މިފަދައިން ވިދާޅުވީ މާލޭގެ އާސަހަރާ މަސައްކަތް ކުރިޔަށްދާގޮތް ބައްލައްވައި، ސަހަރާގެ ފޮޓޮއާއެކު އެކްސްގައި ކުރި ޕޯސްޓެއްގައެވެ. މި ޕޯސްޓުގައި ވިދާޅުވީ އަސަހަރާގެ މިސްކިތުގެ މަސައްކަތް ނިމޭއިރު 3,200 އަކަފޫޓު މިސްކިތަށް އިތުރު ކުރެވޭނެ ކަމަށާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަ ފާހަނާއަކާއި، އަންހެން ބޭފުޅުންނަށް ހާއްސަ ފާހާނައަކާއި، ވުލޫކުރާބަޔެއް ނަމާދު ކުރާ ބައެއްގެ އިތުރުން، ޖަނާޒާތަކުގައި ބައިވެރިވާ މީހުން މަޑުކޮށްލެވޭނެ، ހާއްސަ ސަރަހައްދެއްވެސް ތަރައްގީ ކުރެވޭނެކަމަށެވެ.
ޖަނާޒާތަކަށް އަންނަ މީހުންނަށް މަޑުކޮށްލައިގެން ތިބެވޭނެ ހާއްސަ ސަރަހައްދެއް ވެސް ތަރައްގީ ކުރެވޭނެ ކަމަށް އާޒިމް ވިދާޅުވި އެވެ.
އާސަހަރާ ތަރައްގީ ކުރުމަށް ނިންމާފައިވަނީ ދެ ފަންގިފިލާއަށް ކަމަށާއި އެ ތަނުގައި ޕްރައިވެޓް ރޫމްތަކާއި އޭސީ ރޫމް ވެސް ހުންނާނެ ކަމަށް މީގެ ކުރިން ސިޓީ ކައުންސިލުން ބުނެފައިވެއެވެ. އަދި ހިނަވާގޭގައި އެއްފަހަރާ ދެ މީހުން ފެންވެރުވޭނެ ގޮތް ވެސް ގާއިމުކުރުމަށް ނިންމާފައިވާ ކަމަށް އެ ކައުންސިލުން ބުނެފައިވެއެވެ.
އާސަހަރާ ގެ މަސައްކަތްކުރިޔަށް ގެންދަން ބަންދުކޮށްފައިވާތީ ކަށުކަމާކެމީގެ ކަންތައް ހުއްޓާލައި، މިހާރު މާލޭގައި ނިޔާވާ މީހުން ވަޅުލަމުންދަނީ ހުޅުމާލެ ސަހަރާގައެވެ.
އާސަހަރާ ތަރައްގީ ކުރުމަށް މާލެ ސިޓީ ކައުންސިލުން ބަޖެޓްކޮށްފައިވަނީ 4.9 މިލިއަން ރުފިޔާ އެވެ.

