މި އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ހަމަޖެހިފައިވާ ބ. ތުޅާދޫގަ ކަމަށް ހަމަޖައްސައިފިއެވެ.
މަސްވެރިންގެ ދުވަސް ތުޅާދޫގައި ފާހަގަކުރުމަށް ނިންމާފައިވާތީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ޓީމެއް ވަނި އެރަށަށް ޒިޔާރަތްކޮށްފައެވެ. އެގޮތުން އެރަށުގައި އެފަދަ ދުވަހެއް ފާހަގކުރެވުމާ ގުޅޭ ގޮތުން ވަނީ ގިނަ މަޝްވަރާތަކެއް ކުރައްވާފައެވެ.
އެ ބައްދަލުވުންތަކުގެ މައިގަނޑު މަޤްޞަދަކީ މަސްވެރިންގެ ދުވަހާ ގުޅިގެން ކުރިއަށް ގެންދާ ރަސްމީ އިންތިޒާމްތައް ހަމަޖެއްސުމާ ގުޅޭގޮތުން މަޝްވަރާކުރުމެވެ. މީގެ އިތުރުން، މަސްވެރިކަމުގައި ހަރަކާތްތެރިވާ އެކި ފަރާތްތަކާއި މަސްވެރިންނާވެސް ބައްދަލު ވަނީ ކުރައްވާފައެވެ.
އެ ދަތުރުގައި ބައިވެރިވި ޓީމުގައި ސްޓޭޓް މިނިސްޓަރ މުޙައްމަދު މުއްޠަލިބާއި އެހެނިހެން ފަންނީ ބޭފުޅުންނެވެ. އެ ޓީމުން ތުޅާދޫއަށް ކުރަމުންދާ ޒިޔާރަތުގައި ރަށު ކައުންސިލާއި، ސްކޫލާއި އަދި ސިއްޙީ މަރުކަޒާއެކު ރަސްމީ ބައްދަލުވުންތަކެއް ބާއްވާފައިވެއެވެ.

