ދުނިޔޭގެ އެކިހިސާބުތަކުގައި އެންމެ ރައްކާތެރި މެސެޖިންގ އެޕް “ޓެލެގްރާމް”ގެ ބާނީ، 30 އަަހރުގެ ޕަވެލް ޑޫރަވް ފަރަންސޭސިވިލާތުގެ ފުލުހުން ހައްޔަރު ކޮށްފިއެވެ.
ފަރަންސޭސި މީޑިއާތަކުން ރިޕޯޓުކުރި ގޮތުގައި ޑޫރަވް ހައްޔަރުކޮށްފައިވަނީ ހޮނިހިރު ދުވަހުގެ ރޭ އިރާކޮޅު އޭނާގެ އަމިއްލަ ޖެޓް ޕެރިހުގެ އުތުރުގައިވާ ލެ ބޯރޖޭ އެއާޕޯޓަށް ޖެއްސިތަނުންނެވެ.
އޮފިޝަލުން ބުނާގޮތުގައި އުމުރުން 39 އަހަރުގެ ބިލިއަނަރ ޑޫރަވް ހައްޔަރުކޮށްފައިވަނީ މަޝްހޫރު މެސެޖިންގ އެޕްއާ ގުޅޭ ގޮތުން އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ކުށްތަކަކާ ގުޅިގެން ހައްޔަރު ކުރުމަށް ނެރެފައިވާ ކޯޓު އަމުރެއްގެ ދަށުންނެވެ.
ޓެލެގްރާމް މެސެޖިންގ އެޕްގެ ބިލިއަނަރު އެކުވެރި ބާނީ އަދި ޗީފް އެގްޒެކެޓިވް އޮފިސަރ ޕަވެލް ޑޫރޮވް ހޮނިހިރު ދުވަހުގެ ރޭ ޕެރިސްގެ ބޭރުގައިވާ ބޫޖޭ ވައިގެ ބަނދަރުން ހައްޔަރުކުރެވުނު ކަމަށް ނަން ހާމަނުކުރާ މަސްދަރަކާ ހަވާލާދީ ޓީއެފް1 ޓީވީން ބުނެފައިވެއެވެ.
ޑޫރޮވް ދަތުރުކުރަމުންދިޔައީ އޭނާގެ އަމިއްލަ ޖެޓުގައި ކަމަށް ޓީއެފް1 އިން އޭގެ ވެބްސައިޓުގައި ބުނެފައިވެއެވެ. އަދި ފަރަންސޭސިވިލާތުގައި އޭނާ ދަތުރުކުރަމުންދިޔައީ އަޒަރުބައިޖާނުން ކަމަށް ބެލެވެއެވެ. އަދި ހައްޔަރުކުރެވުނީ ރޭގަނޑު 8 ގާތްގަނޑަކަށް (ގްރީންވިޗް މީން ޓައިމުން ހަވީރު 6 ގާތްގަނޑަކަށް) ކަމަށް ބުނެވެއެވެ.
ޑޫރޮވް އާދިއްތަ ދުވަހު ކޯޓަށް ހާޒިރުކުރެވޭނެ ކަމަށް ބެލެވެއެވެ.
ރަޝިއާގައި އުފަންވެފައިވާ މި ވިޔަފާރިވެރިޔާ ދިރިއުޅެމުންދަނީ ދުބާއީގައެވެ. އެއީ ޓެލެގްރާމްގެ މައި އޮފީސް ހުންނަ ތަނެވެ. އަދި އޭނާއަކީ ފަރަންސޭސިވިލާތާއި ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ދެ ޤައުމުގެ ރައްޔިތެކެވެ.
ފޯބްސްގެ އަންދާޒާގައި 15.5 ބިލިއަން ޑޮލަރު (12 ބިލިއަން ޕައުންޑް) ގެ މުއްސަނދިކަމެއް ލިބިފައިވާ ކަމަށް ބެލެވޭ ޑޫރޮވް ރަޝިއާއިން ފުރައިގެން ދިޔައީ 2014 ގައެވެ. އެއީ އޭނާގެ ވީކޭ ސޯޝަލް މީޑިއާ ޕްލެޓްފޯމުގައި ހުރި އިދިކޮޅު ކޮމިއުނިޓީތައް ބަންދުކުރުމަށް ކުރެވުނު އަމުރަށް ތަބާވުމަށް އިންކާރ

