ގަލޮޅު ސަހަރާ ގޯޅީގައި ހުންނަ، ފަހީމް އިލެކްޓްރީކް ވޯކްޝޮޕެއްގައި ހިނގި އަލިފާނުގެ ހާދިސާގައި މީހަކު ފިހިގެން ފަރުވާ ދޭން ފަށައިފި އެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި އެ ހާދިސާގައި އެކަކަށް ދުމުގެ އަސަރުކޮށްގެން ފަރުވާ ދެމުންދާ ކަމަށާއި އަދި އެކަކުގެ އަތް ފިހިގެން ފަރުވާ ދެމުންދާ ކަމަށެވެ. އަދި ދެމީހުނަކީވެސް ދެ ބިދޭސީންކަމަށާއި އެކަކަށް އައިޖީއެމްއެޗުގައި އަދި އަނެކަކަށް ފަރުވާދެމުން ދަނީ އޭޑީކޭގައި ކަމަށްވެސް އެމްއެންްޑީއެފުން ވަނީ ހާމަކޮށްފައެވެ.

ފަހީމް އިލެކްޓްރީކް ވޯކްޝޮޕެއްގައި ހިނގި އަލިފާނުގެ ހާދިސާއަށްފަހު……އެމްއެންޑީއެފް
އެމްއެންޑީއެފް އިން ބުނީ މިރޭ 8:43 ހާއިރު މި ހާދިސާ ރިޕޯޓުކުރުމާއެކުހެން އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ފަރާތުން މި ހާދިސާ ހިނގި ސަރަޙައްދަށް ގޮސް، އަލިފާން ނިއްވުމުގެ މަސައްކަތް ކުރިއަށް ގެންދިޔަ ކަމަށެވެ.

ފަހީމް އިލެކްޓްރީކް ވޯކްޝޮޕެއްގައި ހިނގި އަލިފާނުގެ ހާދިސާއަށްފަހު……އެމްއެންޑީއެފް
އެމްއެންޑީއެފްއިން ބުނީ މިހާރު ވަނީ އަލިފާން މުޅިން ނިއްވާލެވިފައިވާ ކަމަށާއި ތަނަށް ވަރަށް ބޮޑެތި ގެއްލުުންތަކެއް ވެފައިވާކަމަށެވެ. އެހެންނަމަވެސް މި ހާދިސާގައި ގެއަށް ލިބުނު ގެއްލުމުގެ ތަފްސީލު އަދި އެމްއެންޑީއެފްއިން ހާމައެއް ނުކުރެއެވެ.

