މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ ހުންނަ އިމާރާތުން ވަގަށް ނެގި ސާމާނު ފުލުހުން ހޯދައިފި އެވެ.
ފުލުހުން ބުނީ އޮލިމްޕިކް ކޮމިޓީ ހުންނަ އިމާރާތުގެ ދެވަނަ ފަންގިފިލާއިން ވައްކަންކުރި މައްސަލައެއް މި މަހުގެ 21 ވަނަ ދުވަހު ފުލުހުންނަށް ހުށަހަށާފައިވާ ކަމަށެވެ.
ވަގަށް ނަގާފައިވާ ތަކެތީގެ ތެރޭގައި މޯބައިލް ފޯނު، މެޑަލް، ޓޯކަން ފަދަ ތަކެތި ހިމެނޭ ކަމަށް ފުލުހުން ބުނެ އެވެ. އަދި މި މައްސަލައާ ގުޅިގެން ފުލުހުން ކުރި މަސައްކަތުން އެތަކެތި މިހާރު ހޯދާފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ފުލުހުން މިހާރު ގެންދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.
ވައްކަމާއި ސްކޭމްގެ މައްސަލަތައް އިންތިހާއަށް އިތުރު ވެފައިވާއިރު ފުލުހުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

