ހުޅުމާލޭ ތިންވަނަ ފޭސްގައި ހުންނަ ރެނާޓަސް ސައިޓުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
އެމްއެންޑީއެފުން ބުނީ އަލިފާނުގެ ހާދިސާއެއް ހިނގިކަމުގެ މައުލޫމާތު ލިބުނީ ހަވީރު 15:30 ހާއިރު ކަމަށެވެ. އަދި އެ އަލިފާންގަނޑު ކޮންޓްރޯލްވެފައިވާ އިރު، އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށް ވެސް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.
އެމްއެންޑީއެފުން ބުނީ އެ އާރުއޯ ޕްލާންޓެއްގައި ރޯވި އަލިފާންގަނޑު ޖެހިގެން ހުރި ވެއާހައުސަކަށް ފެތުރުނެވެ.
ހަމައެހެނ އަލިފާންގަނޑު މިހާރު އެއްކޮށް ނިއްވާލެވިފައިވާ އިރު، އަލިފާންގަނޑު އެއްކޮށް ނިއްވާލަން ގަޑިއިރެއްހާ އިރު ނެގި ކަމަށް ވެސް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.

