ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އިން މޯލްޑިވިސް ނެޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ (އެމްއެންއެސްޑީއޭ)ގެ ފިޝަރީޒް އަދި އޯޝަން ސައިންސެސް ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އެމްއެންޔޫގެ ކޮލެޖް އޮފް ފިޝަރީސް އެންޑް އޯޝަން ސައިންސްގައި، އެމްއެންއެސްޑީއޭގެ 4 ކޯހެއް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައެވެ. އެގޮތުން، 2024 ވަނަ އަހަރުގެ ދެވަނަ ޓާރމްގައި، ނެޝަނަލް ސެޓްފިކެޓް 3 އިން ސްޕޯޓްސް ފިޝިންގ ގައިޑިންގ، ނެޝަނަލް ސެޓްފިކެޓް 1 އިން ފިޝް ޕްރޮސެސިންގ އެންޑް ކޮލިޓީ ކޮންޓްރޯލް، ނެޝަނަލް ސެޓްފިކެޓް 2 އިން ފިޝް ޕްރޮސެސިންގ އެންޑް ކޮލިޓީ ކޮންޓްރޯލް އަދި ނެޝަނަލް ސެޓްފިކެޓް 3 އިން ފިޝް ޕްރޮސެސިންގ އެންޑް ކޮލިޓީ ކޮންޓްރޯލް ކިޔަވައިދިނުމަށް ހަމަޖެހިފައިވެއެވެ.
އެ ކޯސްތަކަށް ހުށަހެޅުމުގެ ސުންގަނޑިއަކީ 03 ސެޕްޓެމްބަރ 2024 ވާ އަންގާރަ ދުވަހުގެ 14:00 ކަމަށް ބުނެފައި ވެއެވެ.

