ޤައުމު އަނދަވަޅަކަށް ވައްޓާލީ ކުރީ ސަރުކާރުން ކަމަށާއި، އެންމެ ފަސް އަހަރު ތެރޭގަ އަށް ހާސް މިލިއަން ރުފިޔާ ޗާޕްކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު މިހެން ވިދާލުވީ ކޮންގްރެސް ޕާޓީ ހަރުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ އިގްތިސާދު އަނދަވަޅަކަށް ވެއްޓުނީ ގިނަ އަދަދަށް ރުފިޔާ ޗާޕް ކުރުމާއި ލޯނުތައް ގިނައަދަދަށް ނަގާފައިވާތީ ކަމަށެވެ.
“މި ލޯނުތައް ނަގާފައިވަނީ ބޮޑެތި އިންޓެރެސްޓް ރޭޓްގަ. އަދި ކޮވިޑްގެ ތެރޭގަ އެދިޔަ ދުވަސްކޮޅު އިންތިހާއަށް އިސްރާފްކޮށް ވައްކަން ކޮށް ރައްޔިތުންނަށް ގެއްލުންވާ ގޮތަށް އަމަލުކުރި. ” ރައީސް
ރައިސް ވިދާޅުވީ މި ސަރުކާރުން އަމާޒު ހިފީ ފައިސާ ޗާޕްނުކޮށް ކުރިއަށް ދިއުން ކަމަށާއި، ދުނިޔޭގެ ބޮޑެތި ޖަމިއްޔާތަކުންވެސް ލަފާދެއްވީ އެގޮތަށް އެކަންކުރިއަށްގެންދިއުން ކަމަށެވެ. އެހެންކަމުން އަމާޒަކީ ރިޒާރވް ރަނގަޅުކޮށް ކުރިއަށްދިއުން ކަމަށްވެސް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އެމަނިކުފާނު ފުރަތަމަ ދުވަހުން ފެށިގެން ވެސް މަސައްކަތް ކުރަމުން ދަނީ ގައުމުގެ ހާލަތު ރަނގަޅު ކުރުމަށް ކަމަށް އެހެންކަމުން ކުރިއަށް އޮތްތާގައި އެކަން އެ ގޮތަށް ފެންނާނެ ކަމަށްވެސް ވިދާޅުވިއެވެ.

