ސާފުތާހިރުކަމެއް ނެތި ގަވާއިދާ ހިލާފަށް ވިޔަފާރިކުރަމުން ދިޔަ ތަނެއް ބަލައިފާސްކޮށް 3 މީހަކު އިމިގަރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މިކަން ހާމަކޮށް އިމިގްރޭޝަން އިން އެކްސްގައި ކޮށްފައިވާއިރު އެ ޕޯސްޓުގައި ބުނެފައިވަނީ ކާބޯތަކެތި ތައްޔާރުކޮށް ވިއްކުމުގައި ގަވާއިދާ ހިލާފަށް އެއްވެސް ސާފުތާހިރުކަމެއް ނެތި މާލޭގެ ގެއެއް އި ބިދޭސީން ކުރަމުންދިއަ ވިޔަފާރިއަކާ ގުޅިގެން ޓާސްކު ފޯސް އަށް މައުލޫމާތު ލިބިފައިވާ ކަމަށާއި މި ކަމާއި ގުޅިގެން ބަލައި ފާސްކޮށްފައިވަނީ މ. ސުހުރާ ކަމަށެވެ.
މިތަން ބަލައި ފާސްކޮށް ގަވާއިދާ ހިލާފަށް މަސައްކަތްކުރާ 3 ބިދޭސީއަކު އިމިގްރޭޝަން ގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށާއި މިތަނުގައި ކުރަމުން ދިއަ ވިޔަފާރި ހުއްޓުވުމަށް ވަނީ ނޯޓިސް ދީފައިވާ ކަމަށް ވެސް އިމިގްރޭޝާނުން ބުނެފައިވެއެވެ.
މި އޮޕަރޭޝަނުގައި ފުލުހުންނާއި އިމިގްރޭޝަން ގެ އިތުރުން އިކޮނޮމިކް ޑެވެލޮޕްމެންޓް އެންޑް ޓްރޭޑް މިނިސްޓްރީ ، މޯލްޑިވްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އަދި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އިން ބައިވެރިވެފައިވެއެވެ.
ރާއްޖޭގައި ގަވާއިދާ ހިލާފަށް ދިރިއުޅޭ ބިދޭސީން ގެ މައްސަލަ ހައްލުކުރުމަށް ގިނަ މަސައްކަަތްތަކެއް ސަރުކާރުން ދަނީ ކުރަމުންނެވެ. އެގޮތުން އެފަދައިން އުޅޭ ބިދޭސީން ހޯދުމަށް ފުލުހުންނާއި އިމިގްރޭޝަނުން ގުޅިގެން ހިންގަން ފެށި އޮޕަރޭޝަން މިހާރު ވަނީ ފުޅާކޮށްފައެވެ. އެގޮތުން މިހާރު އެމްއެފްޑީއޭ ، އެޗްޕީއޭ ގެ އިތުރުން އިކޮނޮމިކް ޑެވެލޮޕްމެންޓް އެންޑް ޓްރޭޑް މިނިސްޓްރީ އިން ވެސް ބައިވެރިވެއެވެ.
މި އޮޕަރޭޝަންތަކުގައި އިމިގްރޭޝަން ގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ އެއްވެސް ބިދޭސީއަކަށް ދެވަނަ ފުރުސަތެއް ނުދޭނެ އެވެ. އަދި ކަމާ ބެހޭ އިދާރާތަކާ ގުޅިގެން އެ މީހުން ޑީޕޯޓު ކުރުމުގެ މަސައްކަތް ކުރާ ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.
ސާފުތާހިރުކަމެއް ނެތި ގަވާއިދާ ހިލާފަށް ވިޔަފާރިކުރަމުން ދިޔަ ތަނެއް ބަލައިފާސްކޮށް 3 މީހަކު ހައްޔަރަށް

