ނުރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު، މިރޭ ސިންގަޕޫރަށް ފުރާވަޑައިގެންފިއެވެ.
ރައީސްގެ މި ދަތުރުފުޅަކީ ސިއްހީ ފަރުވާގެ ބޭނުމަށް ސިންގަޕޫރަށް ކުރައްވާ ދަތުރުފުޅެކެވެ. މިކަން ރައީސް ޑރ މުހައްމަދު މުއިއްޒު މިރޭ ވަނީ ކަށަވަރުކޮށްދެއްވާފައި އެވެ.
ރައީސް މިރޭ ފުރާވަޑައިގެންފައިވާއިރު، ޕީއެންސީ ހަރުގެ ޖަލްސާގައި ރައީސް ވަނީ ބައިވެރިވެލައްވާފައެވެ. ރައީސްގެ ވާހަކަފުޅުގަ ޤައުމުގެ އިގްތިސާދީ ހާލަތަށް އައިސްފައިވާ ބަދަލުތަކަށް ބައްލަވާލެއްވިއެވެ. އެގޮތުން ވިދާޅުވީ ގައުމު ހަމަމަގަށް އެޅުވުމަށް ކުރެވެންހުރި ހުރިހާ މަސަައްކަތެއް ކުރައްވާނެ ކަމަށެވެ. އަދި ވިދާޅުވީ އަމާޒަކީ ރިޒާރވް ރަނގަޅުކޮށް ކުރިއަށްދިއުން ކަމަށެވެ.
އެހެންކަމުން ފުރަތަމަ ދުވަހުން ފެށިގެން އެމަނިކުފާނު ވިދާޅުވި ގޮތަށް އެއްވެސް ދޮގު ބުނުމެއްނެތި ކުރިއަށްދާނެ ކަމަށެވެ. އަދި މަސައްކަތް ކުރަމުން ގެންދަދަނީ ގައުމުގެ ހާލަތު ރަނގަޅު ކުރުމަށް ކަމަށާއި، ކުރިއަށް އޮތްތާގައި އެކަން އެ ގޮތަށް ފެންނާނެ ކަމަށެވެ.

