ގިނައަދަދެއްގެ ޑޮލަރުތަކާއި އެކު ހައްޔަރުކުރި މިހާގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.
ފުލުހުން ބުނީ އާދިއްތަ ދުވަހު ގިނައަދަދެއްގެ ޑޮލަރުތަކާއެކު ފުރަން އައިމީހެއްގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުވުމުން އެނާ އަށް އެ ކޯޓުން 15 ދުވަސް ޖަހާފައިވާ ކަމަށެވެ. އަދި އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މަނީ ލޯންޑަރިންގެ މައްސަލަ ވެސް ގެންދަނީ ތަހުގީގް ކުރަމުން ކަމަށެވެ.
މި މައްސަލަ ފާހަގަވެފައިވަނީ އާދިއްތަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ބަންގްލަދޭޝްގެ ވެރިރަށަށް ޑާކާއަށް ލަގެޖުގައި ފޮރުވައިގެން ނަގުދު ފައިސާގެ ގޮތުގައި ޑޮލަރު ގެންދަން މަސައްކަތް ކޮށްފއިވާކަން ހާމަވެގެންނެވެ.
އެގޮތުން 81،030 ޑޮލަރު ބޭރުކުރަން އުޅުނު މައްސަލާގައި ހައްޔަރުކުރި ބަންގްލަދޭޝް މީހާގެ ވަނަވަރު ފުލުހުން ވަނީ ހާމަކޮށްފި އެވެ. އެއީ ބަނޤްލަދޭޝްގެ ރައްޔިތެއް ކަމަށްވާ 32 އަހަރުގެ ޝަހުމިން އިސްމާއިލް ޝަގްރު އެވެ.

