މަސްތުވާތަކެތީގެ މައްސަލައެއްގެ ތަހުގީގަށް އަންހެނަކު ހޯދަން އިއުލާނު ކޮށްފި އެވެ.
ދިވެހި ފުލުހުންގެ ހިދުމަތުން ބުނީ އެ މުވައްސަސާގެ ޑްރަގްސް އެންޑް ސަބްސްޓެންސް އެބިއުސް ކޮންޓްރޯލް އިން ތަހުގީގު ކުރަމުންދާ، މަސްތުވާތަކެތީގެ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކުރާ ކަމަށެވެ.
ހާޒިރުވާންވީ ފަރާތުގެ ފުރިހަމަ ނަމާއި އެޑްރެސް އަދި އުމުރު: ޝީޒާ އިސްމާޢީލް، ހުދުވިލާ / ކ. ގާފަރު (40އ)
އައިޑީ ކާޑު ނަންބަރު: A145240
ހާޒިރުކުރެވޭ ހައިސިއްޔަތު: މައްސަލައިގެ ތުހުމަތުގައި ތަހުގީގަށް ސުވާލުކުރުމަށް
ހާޒިރުވާންޖެހޭ ތަނާއި ތާރީޚާއި ގަޑި: ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގ، 2024 ސެޕްޓެމްބަރު 1 ވަނަ ދުވަހުގެ 14:00 އަށް

