ވައިގެ މަގުުން ރާއްޖެއަށް އެތެރެކުރަން އުޅުނު 11.62 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގަނެފިއެވެ.
ކަސްޓަމްސް އިން މިކަން ހާމަކޮށް އެކްސް އިން އެކްސް ގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ވައިގެ މަގުން ރާއްޖެއަށް އެތެރެ ކުރަން އުޅުނު 11.62 ކިލޯގެ މަސްތުވާތަކެތި ކަސްޓަމުން އަތުލައިގަނެފައިވާ ކަމަށާއި އޭގެ ތެރޭގައި ތިން ބާވަތެއްގެ މަސްތުވާ ތަކެތި ހިމެނޭ ކަމަށެވެ.
އެގޮތުން އަތުލައިގަނެފައިވާ މަސްތުވާތަކެތީގެ ބާވަތާއި ބަރުދަން:
- ކެތިނޯން – (0.680) ކިލޯ
- ކެނެބިސް – (10.20) ކިލޯ
- ހެރޮއިން – (0.740) ކިލޯ
ކަސްޓަމުން ބުނެފައިވާ ގޮތުގައި މި ތަކެތި އަތުލައިގަނެފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާ ޕޯޓުން މި މަހުގެ 14 ވަނަ ދުވަހުއެވެ. އަދި މި ތަކެތީގެ މަގުމަތީ އަގުގެ ޖުމްލަ އަކީ 9.86 މިލިއަން ދިވެހި ރުފިޔާ ކަމަށް ވެސް ކަސްޓަމްސް އިން ހާމަ ކުރެއެވެ.
މި މަހުގެ 11 ވަނަ ދުވަހު ވެސް 6.070 ކިލޯ ގްރާމްގެ މަސްތުވާތަކެތި އަތުލައިގަނެފައިވާ ކަމަށާއި މި ތަކެތި އަތުލައިގަނެފައިވަނީ ރާއްޖެ އައި ނެދަލޭންޑްގެ ރައްޔިތެއްގެ އަތުން ކަމަށް ކަސްޓަމުން ބުނެފައިވެއެވެ.

