ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލުން ވަގަށް ނަގައިގެން ގެންދިޔަ ދެ ލެޕްޓޮޕެއް ފުލުހުން ހޯދައިފި އެވެ
މިކަން ހާމަކޮށް ފުލުހުން މީޑިޔާތަކަށް ފޮނުވި މެސެޖުގައި ބުނީ އެ ތަކެތި ހޯދީ ސީސީޓިވީ ފުޓޭޖު ބަލައި ތަކެތި ގެންދިޔަ ތަނެއް ދެނެގަތުމަށް ފަހު ކަމަށާއި އެ ދެ ލެޕްޓޮޕް ފުލުހުން ހޯދުނީ މީހަކަށް ވިއްކާލާފައި ވަނިކޮށް މިރޭގެ ވަގުތެއްގައި ކަމަށެވެ.
އޭގެ އިތުރުން ފުލުހުން ބުނީ މި މައްސަލާގައި އަދި މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ.
ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

