އީދު މިސްކިތުގެ ފަނކާތަކުގެ ނަރުތައް ބުރިކޮށްފައިވ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ މިސްކިތުގެ ނަރު ބުރިކޮށް އަދި ވައްކަން ކޮށްފައިވާ މައްސަލައެއް ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށެވެ. އެ މައްސަލަ ގެންދަނީ ތަހުގީގްކުރަމުން ކަމަށާއި، އެ މައްސަލައިގައި މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށެވެ.
މި މައްސަލައިގއި މާލެ ސިޓީ ކައުންސިލް އިން ބުނީ އީދު މިސްކިތް މަރާމާތަށް ބަނދުކޮށްފައި ވަނިކޮށް އިއްޔެ ރޭ އިރުއޮއްސި 6 އާއި، 10 އާއި ދޭތެރޭ ވަގުތެއްގައި މިސްކިތުން ވަނީ ވައްކަން ކޮށްފައި ކަމަށެެވެ. އަދި ވަގަށް ނަގާފައިވާ ތަކެތީގެ ތެރޭގައި 13 ބޮކި އަދި 8 ފަންކާގެ ނަރުތައް ހިމެނޭ ކަމަށެވެ.
މިދިޔަ ޖޫން މަހުވެސް އެ މިސްކިތުން ވައްކަން ކުރި މައްްސަލައެއްގައި މީހަކު ހައްޔަރު ކޮށްފައި ވެއެވެ. އަދި އޭރު އެކަނިވެސް އެ މިސްކިތުން 11 ފަންކާ ވަގަށް ނަގާފައިވެއެވެ.

