ކަމަނަ، ފުރިހަމަ މަސައްކަތެއް، އިބުރަތްތެރި މޮޅު ފިލްމެއް.
މިއީ ރޭގަ އޮލިމްޕަހުގައި ރިލީސް ކުރި ހުސެން މުނައްވަރުގެ ދިވެހި ފިލްމް ކަމަނަ ގެ ޝޯއަށް ފަހު ބެލުންތެރިން ދޫކޮށްލި މެސެޖްތަކެވެ.
ދިވެހިންގެ ތެރޭގައި މަގުބޫލުވި ޝަޒާ ފަދަ މޮޅެތި ފިލްމް ނެރެދިން ހުސެން މުނައްވަރުގެ ކަމަނާ އަކީ މުޖުތަމައުއަށް ދޫކޮށްލި އިބުރަތުން ފުރިގެންވާ ރީތި ފިލްމެކެވެ.
މިއީ ރާއްޖޭގެ ދެޖިންސުގެ ޒުވާނުންވެސް ބަލަން މަޖުބޫރު ފިލްމެއް، މި ދައްކުވައިދިނީ ހަމަ ހަގީގަތް- ބެލުންތެރިއެއް
ބައެއް ބެލުންތެރިން ދެވަނަ ފަހަރަށް ފިލްމު ބެލުމަށް ޝައުގުވެރިވިރު ދެން 1 ޓިކެޓުވެސް ލިބެން އޮތީ މީގެ ދެހަފްތާދުވަސް ފަހުންނެވެ.
ކަސްތޮޅުއަޅުވާ ބަންދު ކޮއްފައިވާ ހަޔާތެއްގެ ހިމޭން ދިރިއުޅުމެއްގާ އަންހެނުން ތަހައްމަލު ކުރާ ހިތްދަތިވޭނާއި، އެމީހަކަށްޓަކައި ގެވެހި ކަންމަތީ ޤުރުބާން ވަމުންދާ އެތަށް އަންހެނުންނެއްގެ ރަހުމެއް ނެތް ފިރިން ކުރަމުންދާ ގެވެށި އަނިޔާތަކުން ބަރުދާސްތު ކުރާ ކެކުޅުމާއި ހޫނު ކަރުނަތަށް އޮހެމުންދާ ވަރުބަލި ދެލޮލުން ބުނެދޭ ހިތާމަތަށް މި ފިލްމުގެ މަންޒަރުތަކުން ސިފަ ވަމުން ދިޔައިރު ހިތް ފަޅައިގެންދާފަދަ އިހުސާސްތަކެއް ކުރެވެނުންދިޔައެވެ.
އިންސާނިއްޔަތު ކަމުގެ ސިފަ ކިރިޔާވެސް ހުރި މީހަކަށް މި ފިލްމު ބަލަން ހަމަޖެހިލައިގެން އިންނަން ކެތް ނުވާ ވަރުގެ ފުރިހަމަ އެކްޓިންއެއް އައްޒަ ދައްކުވައިދީފައިވޭ- މޮޑެކްސް
ލޯބިން އުޅޭ ދެމަފިރިންގެ ދިރިއުޅުމަށް ވެރިވެގަންނަ އެތައް ބަޔަކު މި މުޖުތަމައުގައި އުޅޭ ހިޔާލެއް ފިކުރެއް ނެތް އުޅުން މި ފިލްމުގައި އާޝާ ދައްކުވައިދިނީ އެފަދަ މީހުންނަކީ ވަގުތީ އުފަލުން ނާޖާއިޒް ފައިދާ ލިބިގަތަސް އާޙިރުގައި ކިހާ ބަދުނަސީބު ބައެއްކަމެވެ.
ޔޫއްޕެގެ ރޯލުން ފެނިގެންދިޔައީ ވިސްނުމެއްނެތި ކޮއްފި ކަމަކުން އެއްމެ ފަހަރަކު ދޭހުގާ، ގިސްލަމުން ހިތި ކަރުނަ އޮހޮރަން ޖެހިދެޔޭ އުމުރަށް މުޅިން . މި މެސެޖް ވަރަށް ފުރިހަމަ އަށް ދައްކުވައިދީފައިވޭވެއެވެ.
ހިތް ރޮއި ރޮއި އޮތަސް ފިރިންދެކެ ލޯބިވާ ކިޔަމަންތެރި އަނބިން، އަމިއްލަ އުފާތަށް ކަފުންކޮށް ހެޔޮލަފާ ފިރިންނަށްޓަކައި ކޮންމެ ފަދަ ޤުރުބާނީ އެއްވެސް ވެދާނެކަން ނަތާ ދައްކުވައިދިނީ އެފަދަ އަންބެތްގެ ވަރަށް ފުރިހަމަ މިސާލެއް!
ޔަގީނުންވެސް އަހަރެމެންގެ ތެރެއިން ކޮންމެ މީހަކުވެސް މި ފިލްމުގެ ކޮންމެސް އެއްމަންޒަރުން ބުނެދޭ ވާހަކަޔާ އަމިއްލަ ދިރިއުޅުމުގަ ކުރިމަތިލާފަ ވާނެއެވެ. ކޮންމެ މަންޒަކީ ވެސް އިބުރަތެއް ލިބިގަންނަން ދީފައިވާ މެސެޖެކެވެ. ދިރިއުޅެންވީ ގޮތާއި ދިރިއުޅުން އިސާހިތަކު ފުނޑު ފުނޑުވެގެން ހިނގައިދާނެ ގޮތްތައް ވަރަށް ފުރިހަމައަށް އަންގާދިފައިވާ މި ފިލްމު ބަލަމުންދާ އިރު ފުންކޮށް ވިސްނާލި ކޮންމެ މީހަކަށް އުނގެނި ދަސްވަމުންދާނީ ފިލާވަޅަކަށް ފަހު ފިލާވަޅެއް، މި ފިލްމަކީ، ފިލްމު ބަލަމުންދާ އިރު އޯގާތެރިވުމުގެ މުހިއްމު ކަމާއި، އަނިޔާވެރި ވުމުގެ ނުބައިކަމާއި، މަކަރާ ހީލަތުން ލިބިގަންނަ ވަގުތީ އުފަލުގެ ހިތްދަތިކަން އިހުސާސްކުރުވާ، އެއްމެ ރަނގަޅު މަގު ހިޔާރު ކުރުމަށް ސިކުނޑި ހޭލައްވާލާ ފަދަ މެސެޖުތައް ފޯރުކޮށްދޭ އިސްލާހުގެ މަގުގެ ދޮރުހުޅުވާލަދޭ ރަން ދަޅުދަނޑިއެއް.
މިއީ މި ފިލްމު ބެލުމަށް ފަހު މޮޑެކްސް ފިލްމަށް ރިވިއު ދީފައިވާ ގޮތެކެވެ.

