މިއަދު ސްޓެލްކޯގެ ކޮންޓެކްޓް ސެންތަރުގެ ނަމްބަރެއް ތައާރަފްކޮށްފައިވާއިރު އެ ނަމްބަރަކީ 1545 އެވެ.
ސްޓެލްކޯއިން ބުނީ މިފަދަ ނަމްބަރެއް ތައާރަފްކުރުމުގެ ބޭނުމަކީ ސްޓެލްކޯގެ ހިދުމަތްތަކާއި ގުޅޭ ގޮތުން ބޭނުންވާ ހިދުމަތްތައް ލިބިގަތުން ކަމަށެވެ.
މި ގޮތުން މި ނަމްބަރު ތައާރަފްވެގެން ދިއުމުން ކަސްޓަމަރުންނަށް ފަސޭހަ ވާނެ ކަމަށާއި، ސްޓެލްކޯއިން ފޯރުކޮށްދެމުންދާ ހުރިހާ ހިދުމަތަކާއި ގުޅުންހުރި މައުލޫމާތާއި ކަރަންޓު ބިލްތަކާއި ގުޅޭ މައުލޫމާތުވެސް ލިބިގެންދާނެ ކަމަށެވެ. އަދި ގުޅުންހުރި ޝަކުވާތަކާއި ކުންފުންޏާއި ގުޅުންހުރި އެނޫން ވެސް ކަންކަމުގައި ސްޓެލްކޯގެ ހޮޓްލައިން 1545 މިހާރު ބޭނުން ކުރެވޭނެ ކަމަށް ސްޓެލްކޯގެ އެމްޑީ ފަހުމީ ވިދާޅުވިއެވެ.
މީގެ އިތުރުން ފަހުމީ ފާހަގަ ކުރެއްވީ އަމާޒަކީ ސްޓެލްކޯއަކީ ހުރިހާ ގޮތަކުންވެސް ރައްޔިތުންނާއި ގާތުން މަސައްކަތްކޮށް، ރައްޔިތުންގެ އިތުބާރާއި ޔަގީންކަން ކަށަވަރުވެފައިވާ ކުންފުންޏެއްގެ ގޮތުންގައި ދެމި އޮތުމަކީ ސްޓެލްކޯގެ އަމާޒު ކަމަށެވެ.

