ރައީސް ޑރ. މުޙައްމަދު މުއިއްޒު އާއި އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅަށްގަހު ސަލބ ރާއްޖެ ވަޑައިގެންފިއެވެ.
ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް ވަޑައިގެންނެވީ މިދިޔަ ހޯމަ ދުވަހުގެ ރޭއެވެ. މި ދަތުރުފުޅާ ބެހޭ ގޮތުން ރައީސް ވަނީ ހޯމަ ދުވަހުގެ ރޭ އޮތް ޕީއެންސީ ޖަލްސާގައި މަޢުލޫމާތު ދެއްވާފައެވެ.
ރައީސް ވިދާޅުވި ގޮތުގައި، އާރަށުގައި ފުޓުބޯޅަ ކުޅުއްވަން އުޅުއްވަނިކޮށް ކުޑަ އަނިޔާއެއް ލިބިވަޑައިގަތުމާ ގުޅިގެން ޑޮކްޓަރަށް ދައްކަވާފައިވާނެ ކަމަށާއި، ސިންގަޕޫރަށް ވަޑައިގަތުމުގެ މައިގަނޑު ބޭނުމަކީ މިކަމަށް ދެވަނަ ޚިޔާލެއް ހޯއްދެވުމާއި، މީގެ ކުރިން ހަދާފައިވާ ސަރޖަރީއަކާ ގުޅިގެން ހަދަންޖެހޭ ޗެކަޕްތަކެއް ހެއްދެވުން ކަމުގައި ވިދާޅުވިއެވެ.
މި ދަތުރުފުޅަކީ ނުރަސްމީ ދަތުރުފުޅެއް ކަމަށްވާތީ، އިތުރު ތަފްސީލުތަކެއް ހާމަކުރައްވާފައެއް ނުވެއެވެ. ނަމަވެސް ރައީސްގެ ޞިއްޙީ ހާލަތު ރަނގަޅު ކަމަށް ލަފާކުރެވެއެވެ.

