ހުޅުމާލެ އިންޑަސްޓްރިއަލް ޒޯންގައި ޕާކުކޮށްފައިވާ އުޅަނދުތައް ނެހުމަށް ފުލުހުން އަންގައިފިއެވެ.
އިންޑަސްޓްރިއަލް ޒޯން ހިމެނޭ ސަރަހައްދުގެ މަގުތަކުގައި ޕާކުކޮށްފައިވާ އުޅަނދުތައް މިރޭ 11 ގެ ކުރިން ނަގަން އަންގާ ޕާކިން ހުސްކުރުމަށް ބޭނުންވާ މަގުތަކުގެ ޗާޓެއް ފުލުހުން ހިއްސާ ކޮށްފައިވެއެވެ.
ފުލުހުން ހާމަކުރާ ގޮތުގައި މިފަދައިން އަންގާފައިވަނީ ހައުސިން ޑެވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން އެ ސަރަހައްދު ސާފު ކުރުމުގެ މަސައްކަތް ކުރުމަށްޓަކައި ކަމަށެވެ.
ހުޅުމާލެ އިންޑަސްޓްރިއަލް ޒޯން އިން ޕާކު ކޮށްފައިވާ އުނޅަދުތައް ނެގުމަށް އަންގާފައިވާއިރު ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ އެއްގަމު ދަތުރުފަތުރުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް ރަޖިސްޓްރީ ނުކޮށް ބަންޑާރަ މަގުތަކުގައި ދުއްވާ އަދި ޕާކުކުރާ އުޅަނދުތަކާއި އެހެން ޒޯން ތަކުގައި ރަޖިސްޓްރީ ކޮށްފައިވާ އުޅަނދުތައް ހުޅުމާލެއަށް ބަދަލުކުރުމަށް އަންގާފައެވެ.
އެ މިނިސްޓްރީ އިން ވަނީ މި އުޅަނދުތައް ހުޅުމާލެ ލޮޓް ނަންބަރު 452 ބިމުގައި ވަގުތީ ގޮތުން ބަހައްޓާނެ އިންތިޒާމު ހަމަޖައްސައި ވީ އެންމެ އަވަހަކަށް މި އުޅަނދުތައް ހާއްސަ ކުރެވިފައިވާ ބިމަށް ގެންދިއުމަށް އެދިފައެވެ.

