"ދިވެހި ސަޤާފީ ގޯތި" ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ އިބްރާހިމް އިފްތިތާހު ކޮށްދެއްވައިފި އެވެ.
މެޑަމް ސާޖިދާ ދިވެހި ސަގާފީ ގޯތި އިފްތިތާހު ކޮށްދެއްވާފައި ވަނީ އެކަމަށް ހާއްސަކޮށް ކުރިއަށް ގެންދިޔަ ރަސްމިއްޔާތެއްގަ އެވެ. މި ރަސްމިއްޔާތުގައި ދާޚިލީ ވަޒީރު އަލީ އިހުސާނުގެ އިތުރުން ކަރެކްޝަން ސާވިސްގެ އިސް ފަރާތްތައް ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
ދިވެހި ސަގާފީ ގޯތި އަކީ ދިވެހި ކަރެކްޝަން ސާވިސްގެ ފަރާތުން އިސް ނަގައިގެން މާފުށީގައި ކުރިއަށް ގެންދިޔަ މަސައްކަތެކެވެ. މި މައްސައްކަތަށް ހަ މަސް ދުވަސް ކަރެކްޝަން ސާވިސް އިން ހޭދަކޮށްފައިވެއެވެ. މި ރަސްމިއްޔާތު ފެށުމަށް ސަންގު ފުމެފައިވެއެވެ. މި ފަދައިން ސަންގު ފުމެފައިވަނީ ކުރީ ޒަމާނުގައި މީހުން ކަމެއް އިއުލާން ކުރުމަށް ރަށުގެ ރައްޔިތުން ޖަމާކުރަން އަމަލުކުރާ ގޮތަކީ ސަންގު ފުމުން ކަމަށް ވާތީއެވެ.
ކުރީ ޒަމާނުގައި ކާބަފައިން ދިރިއުޅުމަށް ޓަކައި ކުރި މަސައްކަތާއި އެމަސައްކަތް ކުރާ ގޮތް ދިވެހި ސަގާފީ ގޯތިން ދައްކުވައިދީފައިވެއެވެ. ކަރެކްޝަނުން ކުރީ ޒަމާނުގައި ކާބަފައިން ދިރިއުޅުމަށް ޓަކައި ކުރި މަސައްކަތާއި އެމަސައްކަތް ކުރާ ގޮތް ދައްކުވައިދިފައިވަނީ ވަރަށް ފުރިހަމަ އަށެވެ. މި ތަނުން އިހުގެ ރަށެއްގެ މަންޒަރާއި ސިފަ ވަރަށް ފުރިހަމައަށް ދައްކުވައިދީީފައިވެއެވެ.
މިފަދަ މަސައްކަތެއްގެ މައިގަނޑު މަޤްސަދަކީ މިއަދުގެ ޖީލަށް ނުވަތަ މުސްތަޤުބަލުގައި ވެސް ދިވެހި ސަޤާފަތް ދިރުވައި އާލާކޮށް މިކަންތައް އަބަދު ފެންނަން ހުންނާނެހެން ސަޤާފީ ތަރިކަ ރައްކާތެރި ކުރުމެވެ.

