މާފަންނު ގައި އަންހެނަކު ރަހީނުކޮށްގެން ފިލަން ސައިކަލަކަށް އަރައިގެން ދަނިކޮށް ފުލުހުން އެމީހާ އަތިލައިގެންފިއެވެ.
މި އަންހެން މީހާ ރަހީނުކޮށްފައިވަނީ މާފަންނު ކުޅިދޮށުގެ ގޯޅިތެރެއިންނެވެ. އަންހެންމީހާ ރަހީނުކުރި މީހުން ވަނީ ފުލުހުންނަށް ބިރު ދައްކާ އެ އަންހެންމީހާ ސައިކަލަށްލައިގެން ފިލަން މަސައްކަތް ކޮށްފައެވެ.
އެގޮތުން ފުލުހުންނަށް މިކަން އެނގިގެން އެ އަންހެންމީހާ އަތުލައިގަނެވުނީ ގަލޮޅު ހިސާބުން ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ މިހާރު ގެންދަނީ އެ މައްސަލަ ބަލަމުން ކަމަށާއި، އިތުރު މައުލޫމާތު ލިބޭ ވަރަކަށް ފޯރު ކޮށްދޭނެ ކަމަށެވެ.

