މާލެއަށް ފުރި ބޯޓެއް ގެއްލިގެން ހޯދަން ފަށައިފިއެވެ.
ގެއްލިގެން ހޯދަމުން އަންނަނީ “އަކިރިސް” ނަމަކަށް ކިޔާ މުދާ އުފުލާ އެ ބޯޓުގައި ދެ ދިވެހިންނާއި ފަސް ބިދޭސީން ދަތުރުކުރަމުން ދިޔަ ކަމަށް މައުލޫމާތު ވަނީ ލިބިފައެވެ.
ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަ އެންމެފަހުގެ ސިގްނަލަކީ މިއަދު ހެނދުނު 9:18 ގައި އޭރު އެ ބޯޓު ދަތުރުކުރަމުން ދިޔައީ އެއަތޮޅު އިސްދުއާ ދިމާ ބޭރުން މ އަތޮޅާ ދިމާލަށެވެ. އޭގެ ފަހުން ޖީޕީއެސް އިން ބޯޓެއް ނުދައްކައެވެ. އަދި ބޯޓުގެ ފަޅުވެރިއަކަށް ވެސް ނުގުޅެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ބޯޓު ގެއްލުނުއިރު ދެ ދިވެހިންނާއި ފަސް ބިދޭސީން ފަޅުވެރިންގެ ގޮތުގައި ބޯޓުގައި ތިއްބެވެ.
ބޯޓުގެ ޚަބަރެއް ނުވެގެން މިރޭ އިރާކޮޅު އެމްއެމްޑީއެފްގެ ކޯސްޓް ގާޑަށް ވަނީ މައްސަލަ ހުށަހަޅާފައެވެ.

