ލާމު ގަމުން މާލެއަށް ދަތުރުކުރަމުން ދިޔަ ގަމު މުދާ އުފުލާ ބޯޓެއް ކަމަށްވާ އަކިރިސްގެ ޚަބަރެއް ނުވެގެން ހޯދަމުން ދަނިކޮށް، ބޯޓު ފެނިއްޖެއެވެ.
އެ ބޯޓު ހޯދަން ފަށާފައިވަނީ ރޭ އިރާކޮޅުއެވެ. ގަމުން ބޯޓު ފުރީ އިއްޔެ ފަތިހުއެވެ.
ބޯޓު ފެނިފައިވަނީ މ. ރަތްމަންދޫ 22 ނޯޓިކަލް މޭރު ބޭރުން އިންޖިން ހުއްޓިފައި ވަނިކޮށެވެ. ބޯޓުގައި ތިބި އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށް ކޯސްޓު ގާޑުން މައުލޫމާތުދެއެވެ.
ބޯޓު ފެނިފައިވަނީ ކޯސްޓް ގާޑުގެ އިންޓަސެޕްޓާ ކްރާފްޓް މާފަތް ލޯންޗަށެވެ. އެ ބޯޓުން ދަތުރުކުރި 14 މީހުންގެ ޙާލު ރަނގަޅުކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.
އެމްއެންޑީއެފުން އަންނަނީ އެ ބޯޓަށް އެހީތެރިވަމުންނެވެ.

