މާލޭގެ ތިން ގެއަކުން ވައްކަންކޮށް ގެއްލުން ދިން މައްސަލައެއް ފުލުހުން ތަހުގީގު ކުރަމުން ދާކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ ރޭގެ ވަގުތެއްގައި އަމީރު އަހުމަދު މަގުގައި ހުރި ތިން އިމާރާތަށް ގެއްލުންދީ ވައްކަން ކޮށްފައިވާ މައްސަލައެއް ރިޕޯޓް ކޮށްފައިވާ ކަމަށާއި އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.
ވަގަށް ގެންދިޔަ ތަކެތީގެ ތަފްސީލާއި ދީފައިވާ ގެއްލުމާ ގުޅޭ އެއްވެސް މައުލޫމާތެއް ފުލުހުން ހާމަ ކޮށްފައިނުވެއެވެ.
އެނގިފައިވާ ގޮތުން ރޭ ގެއްލުން ދިން ތިން އިމާރާތުގެ ތެރެއިން ދެ އިމާރާތަކީ އިނާ މޯލްޑިވްސްގެ ދެ އޮފީހެވެ.
ވައްކަމުގެ މައްސަލަތައް އިންތިހާއަށް ވަނީ އިތުރުވެފައެވެ.

