އެއީ 2023 ވަނަ އަހަރުގެ ކުރީކޮޅެވެ. މުޒާހަރާތަކާ އިހުތިޖާޖުތައް ގިނަވެގެންދިޔަވެސް ދުވަސްކޮޅެކެވެ. މަގުމަތިހަލަބޮލިވެ ތަފާތު ވާހަކަތައް ރަށުތެރޭގައި ކިޔައިއުޅުނެވެ. ރަށުތެރޭގައި ދެކެވޭ ވާހަކަތަކުން ވެރިކަމަށް އަންނާނެ ވެރިއަކާމެދު ރައްޔިތުންތިބީ ސުވާލު އުފެދިފައެވެ. ސަބަބަކީ އޭރު ރާއްޖޭގެ ވެރިއަކަށް ހުންނެވި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެރިކަމުގައި އެމަނިކުފާނަށް ޤައުމުގެ ކަންކަން ކުރައްވަން ނޭނގުމުގެ ސަބަބުން ފެއިލް ވެފައިވާ ކަމަށް ރައްޔިތުން ޤަބޫލު ކުރެވިފައިވާތީއޭވެސް އޭރު ކިޔަމުންދިޔައެވެ. އަދި އޭރު ކުރީގެ ރައީސް ޔާމީން ޖަލު ހުކުމެއް ތަންފީޒު ކުރައްވަން ޖެހިވަޑައިގަތުމުން އެ މަނިކުފާނަށްވެސް ވެރިކަމަށް ކުރިމަތި ނުލެވޭނެ ކަމަށްވެސް ކިޔަމުންދިޔައެވެ.
މި ހުރިހާ ވާހަކަތަކާއެކު ވަގުތު ކައިރިވަމުން ދަނިކޮށް ގޮތް ނުނިންމާ ނުތިބެވޭނެ ކަމަށްބުނެ ސިޔާސީ ހަރަކާތްތައް މަަޑުމަޑުން ފެށިއެވެ. އޭރު އެމްޑީޕީން ނިންމީ ވެރިކަމުގައި ހުންނެވި ރައީސް ސޯލިހު ދެ ވަނަ ދައުރަކަށް އިންތިހާބު ކުރުމަށެެވެ. ޕިޕީއެމްއިން ބޭނުންވީ ރައީސް ޔާމީން އިންތިހާބުގައި ވާދަކުރެވޭ ގޮތް ހެދުމަށެވެ. ނަމަވެސް ޖަލުހުކުމެއްގައި ހުންނަވަން ޖެހިވަޑައިގަތުުން ރައީސް ޔާމީން އަކަށް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ޤާނޫން ލިބިގެން ނުދިޔައެވެ. 2023 ގެ އިންތިހާބު ބޮއިކޮޓް ކޮށް ޤައުމު ހަލަބޮލި ކުރުމަށް ޕީޕީއެމް/ޕީއެންސީން ބޭނުމެއްނުވިއެވެ. އެޕާޓީން ޤަބޫލުކުރީ ޕާޓީގެ މަސްލަހަތާއި ރައްޔިތުންނަށް ހެޔޮ ގޮތް ހޯދުމަށެވެ.
ސިޔާސީ ހަލަބޮލި ނިންމުމަކަށްފަހު ޕީއެންސީން ކެންޑިޑޭޓަކު ކަނޑައެޅިއެވެ. އެއީ އޭރު މާލެ ސިޓީ ކައުންސިލްގެ މޭޔަރު ކަމުގައި ހުންނެވި މިހާރުގެ ރައީސުލްޖުމްހޫރިއްްޔާ ޑރ. މުހައްމަދު މުއިއްޒެވެ. ޕާޓީގެ ޓިކެޓް ހަނި ދޭތެރެއަކުން ލިބިވަޑައިގެން އެމަނިކުފާނު ކެމްޕެއިން ކުރައްވަމުން ގެންދިޔައެވެ. އެމަނިކުފާނަށް ޓިކެޓް ކަށަވަރުވުމާއެކު ގިނަބަޔަކު ފާޑު ވިދާޅުވަމުން ގެންދިޔަތަން ފެނިގެންދިޔައެވެ. އެއީ އަތޮޅުތެރޭ ރައްޔިތުން ދަންނަ ބޭފުޅެއްނޫން ކަމަށާއި، އެއީ ހަމައެކަނި މާލެ މީހުން ދަންނަ ބޭފުޅެެއް ކަމަށް ވިދާޅުވަމުން ގެންދިޔައެވެ. ނަަމެވެސް އެ އަޑުތަކަށް ބީރު ކަންފަތެއް ދިނުމަށްފަހު ރައީސް ޑރ. މުއިއްޒު ކުރިއަށް ހިންގަވައިގަތީ ހިނިތުންވެރި މޫނަކާއެކުގައެވެ.
އެހެންކަމުން 2023 ވަނަ އަހަރު ބޮޑު ޣައުލަބިއްޔަތަކުން އެމަނިކުފާނު އިންތިހާބު ކާމިޔާބު ކޮށް ކުރި ހޯއްދެވިއެވެ. ރައީސް ކަމަށް އެމަނިކުފާނު ވަޑައިގަތީ ރާއްޖޭގެ އެތަކެއް ރައްޔިތުންގެ ލޯތްބާއެކުގައެވެ. މުޅިރާއްޖޭގެ އާބާދީގެ 50 އިންސައްތަ ވޯޓާއެކުގައެވެ. ކެމްޕޭނުގައި ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގެން ރައްޔިތުންގެ އިހުސާސްތައް އެއް ފޮތަކަށް ތިލަކުރިއެވެ. ވައުދު ނާމާގެ ގޮތުގަ ފޮތެއްގަ ހުރިހާ ވައުދުތަކެއްލިޔެ އެއްކުރިއެވެ. އަދި އެ ވައުދުތައް ރައްޔިތުންނަށް ފުއްދަވާދެއްވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވިއެވެ. ވެރިކަމަށް ވަޑައިގެން ރައްޔިތުންނާއި މުޙާތަބްކުރަން ޖެހުނު ފުރަތަމަ ވަގުތު އެމަނިކުފާނު ތައްޔާރުވީ ރައްޔިތުންގެ އުއްމީދުތަކަށް އުފާވެރިކަން ހޯދުމަށެވެ. އެއީ ދިވެހިން އެފަދަވެރިއަކަށް ބޭނުންވެފައިވާނެ ވަގުތެއްކަމަށް ޤަބޫލު ވެސް ކޮށްގެންނެވެ.
އެގޮތުން ފުތަމަވެސް ޤައުމީ ލެއިން ދިވެހިންގެ ހިތްތައް ކައްކުވާލިއެވެ. ޤައުމީ ދިދަޔާ މުޙާތަބު ކުރިއެވެ.
“އޭ ދިވެހީންގެ ފަހުރުވެރި ގައުމީ ދިވެހި ދިދަޔާ. ތިބާދެކެ އަޅުގަނޑު އިންތިހާޔަށް ލޯބިވަން. ތިޔަ ހެލިލުމާއި ވިހުރިލުމުގެ މާނަތައް އިހުސާސް ކުރަން. ތިޔަ ދައްކައިދެނީ ގައުމު ދިފާއު ކުރި މަތިވެރި ޝަހީދުންގެ ލޭފޮދު. ގައުމު ބިނާކުރި އެންމެހާ އަޖުދާދުންގެ ފެހި ރޯޝަން އުންމީދާއި ދިރުން. ދިވެހީންގެ ދެ ދުނިޔޭގެ ސަލާމަތް ކަމުގައިވާ މާތްވެގެންވާ އިސްލާމްދީނުގެ ކީރިތި މޫރިތިކަން،…..” ޑރ. މުއިއްޒު ވިދާޅުވި އެވެ.
ސަރުކާރަށް 9 މަސް ވެގެންދިޔައިރު، ކާމިޔާބީތައް ފެންނަންހުރީ ރައްޔިތުން އެދޭ ގޮތަށެވެ. ގަދަ ކަނޑެއްގައި ބިޔަ ބާނި ތަކާއެކު ދަތުރު ކުރައްވަން ޖެހުނަސް ރައީސް ޑރ މުހައްމަދު މުއިއްޒު ހުންނެވީ ސަމުގާގެ ފަހި މިސްރާބަށްކަށް ކަންކަން ގެންދިއުމަށެވެ. އަދު އެކަންކަން ރައްތިތުންނަށް ސާބިތުކޮށްދިނުމުގައި އަވަދި ނެތިއެވެ.
ގޮންޖެހުންތަކާއި ބިޔަ އޮއިބާނިތަކުގައި ދަތުރު ކުރަމުންދަނީ ކުރިއަށް އެދާތަނުން ފަހަތަށް ދަމައިގަންނާނެ ކަމަށް ތައްޔާރުވެގެންނެވެ. އިންތިގާލީ މަރުހަލާ ނިންމާ ވެރިކަން ފަށައިގަތުމާއެކު އިދިކޮޅު ޕާޓީން ދިޔައީ ބިރުވެރި ސިގްނަލްް އަޅަމުންނެވެ. އަޒުލުކުރާނެ ކަމަށް ވިދާޅުވެ އިންޒާރު ދެމުންނެވެ. މަޖިލީހެއް އޭރު ނެތުމުން ދެއްކި ބިރުވެރިކަމަށް ހިކުމަތްތެރިކަމާއެކު ބަލަން ހުރުން ނޫން ގޮތެއް އޭރު ސަރުކާރަކަށް ނެތެވެ. ކެބިނެޓް އައްޔަންކުރެއްވުމަށް ނިންމި ހިދުވެސް މަޖިލީހުގެ ތެރެއިން ބާރާއި ނުފޫޒުން އުނދަގޫތައް ކުރިމަތި ކުރަމުން ދިޔައެވެ.
ނަމަވެސް ފެހި ރޯޝަންކަމާ އުންމީދާއި ދިރުންއެއީ ރައީސް މުއިއްޒުގެ މޮޓޯ ކަމުގައި އެމަނިކުފާނު ހެއްދެވިއެވެ. ދަރިއަކު ބަނޑަށް “ޤަރުބަ ގަތީއްސުރެ” މަޔަކު އަޅާނެ ވޭސް ސަރުޚާރުން ދިޔައީ އަޅަމުންނެވެ. ވޭނާ އުނދަގުލުގައެވެ. ވެއްޓިދާނެހެން ހިވާ ފަހަރަކީ އަލުންނަގާ ކޮޅަށް ތެރުވެވޭނެ ވަގުތައް ހެއްދެވިއެވެ. 9 މަހާ 10 ދުވަސްފުރުވާ ދަރި ވިހަން އެދަށް އެރިވަގުތަކީ ދޮންބައްޕަ ޤައުމަށް ބޮޑު ބަޣާވާތެއް ގެނައުމަށް ތައްޔާރުވިވަގުތެވެ.
ބަނޑަށް އެރި ފުރަތަމަ ތަދާއެކު “އައްދިއްޔޯ” ގޮވުމުގެ ބަދަލުގަ މަގޭ ޤައުމަށް ބަޣާވާތެއް ނުގެނެވޭނެއޭ ބުނެ ދަރިފުޅު ފޫޅު ދަޑިން ނުކަނޑަނީސް އަހުލަު ބައިތުންގެ އެހީތެރިކަން ހޯދަން ޖެހުނެވެ.
ދޮންބައްޕަ އެވަރުގެ ނިންމުމެއް ނިންމާފާނެ ކަމަށް ހީވެސް ނުކުރަނީސް “މާލީ ބަޣާވާތަ”ކުން ޤައުމު އިދަޖައްސާލުމަށް ނިންމިއެވެ. އޮގަސްޓް 25 ވަނަ ދުވަހު އިރުއެރީ ދިވެހިންގެ ޤައުމީ ބޭންކު ދޮވެލާ ރައްޔިތުންނަށް ކުއްލި ސިހުމާ ބިރުވެރިކަން ގެނައުމަށްފަހުގައެވެ.
ނަމަވެސް އެ ނިންމުން މުރާޖާ ކުރުމަކީ ކުއްލިއަކަށް ފަސޭހަކަމަށް ނުވިނަމަވެސް އިހު ހުރި ގޮތަށް ރުޖޫއަ ކުރަން މަޖުބޫރުވީ ބިރުވެރިކަމާއި ހާސްކަމުގެ ތެރޭގައެވެ.
“ވިހެއުމުގެ ގަދަވޭނު”ގަ އޮއްވާ ބަޔަކު އަޑީގަ ތިބެ އަޑިއަޅުވާލުމަށް މަސައްކަތްކުރި ޤައުމު މިއަދު ރާއްޖޭގެ ދެ މަހުޖަނެއްގެ އެހީތެރިކަމާއެކު އަރާ ކޮޅަށް ޖައްސާފައިވާ ކަމަށް ރައީސް ޑރ. މުއިއްޒު ވަނީ ވިދާޅުވެފައެވެ.
އުއްމީދެއް އޮތިއްޔާ ދިރުމެއްވާނެއޭ ބުނާ ބީދައިން ސަރުކާރުން ދަނީ އުއްމީދުތައް ތިލަކުރުމުންނެވެ. އާ އުސްމިންތަކުން ޖާގަ ހޯދަމުންނެވެ. ރައްޔިތުންނަށް ފަހި ދުވަސްތައް ހޯދަދެމުންނެވެ. އަމާން މިސްރާބެއް އޮތީ އަދުގެ ސަރުކާރާއި އެކުގައިކަން ޔަޤީން ކުރަމުންނެވެ.
ފާއިތުވި ނުވަ މަސް ދުވަހު ކުރެވުނު ކަންތައް:
ސަރުކާރަށް 9 މަސް ވެގެންދިޔައިރު ދިވެހި ސަރުކާރުން ރައްޔިތުންނަށް ހަމަޖެހުމާއި ކުރިއެރުން ގެނެސްދީފިއެވެ. އުއްމީދާ އާ ދިރުން ގެނެސްދީފިއެވެ. އާރޯކަމާ ތާޒާ ކަމެވެ. ރައްޔިތުން ތިބީ އުފާ އުފަލުންނެވެ. އެންމެ ބޭނުންވާ އަސާސީ ހިދުމަތްތަކުން މަހުރޫމްވެފައިވާ ކަންކަމަށް އިސްކަންދީގެ ފެށި މަސައްކަތުގެ ނަތީޖާ ފާއިތުވި 9 މަހުން ފެންނަންއޮތީ އުއްމީދާއި ޔަގީން ކަމެވެ.
- ބޯހިޔާވަހިކަމަށް ދޫކޮށްފައިވާ ފްލެޓްތަކުގެ ކުލި ކުޑަކޮށް ޖޫރިމަނާއަށް ބޮޑެތި ލުއިތަކެއް
- ގަވާއިދާ ޙިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތުގެ ދަށުން 2000 ވުރެ ގިނަ ބިދޭސީން ޑީޕޯޓްކުރި
- ތެލެސީމީއާ ކުދިންނަށް ދޭ ފަރުވާ އިތުރުކޮށް ހިލޭ ބޯން މެރޯ ހެދޭނެ މަގު ވަނީ ފަހިވެފަ
- ޔޫރަޕް ކޮލަޓީގެ ބޭސް އެތެރެކުރި
- ދަރިމައިވުމުގެ ފަރުވާ އަށް އާސަންދަ
- 100 ޒުވާން ޙަތީބުން ތަމްރީން ކުރި
- ވާރުތަވި ދަރަނި ދައްކާ މަސްވެރިންނަށް 1 ބިލިއަން ރުފިޔާ ދޫކުރި
- ބަރަހަނާ ވެބްސައިޓްތަކާ ޖުވާ ވެބްސައިޓްތައް ބްލޮކްކުރި
- ފަގީރުން ސަރުކާރުގެ އެހީގައި ހައްޖަށް ގެންދިޔަ
- ބަޑަހަޖަހައިގެން ތިބި ބޭރުގެ އަސްކަރިއްޔާ ފޮނުވާލި
- ޝަރުއީ ދާއިރާގެ ނުފޫޒު ހުއްޓުމަކަށް ގެނައި
- ގައިދީން ރިހިބިލިޓޭޝަނުގައި ބައިވެރިވާ ކޮންމެ ދުވަހެއް ޖަލުހުކުމުން އުނިވާ ގޮތަށް ހެދުމަށް ރައީސް ނިންމެވި
- ސްޕޯޓްސް ފިޝިންއަށް ޙާއްސަކޮށްގެން ރާއްޖޭގެ 5 ސަރަހައްދެއް ކަނޑައަޅައި، އެތަންތަން ތަރައްގިކުރުމަށް ނިންމި
- މިފްކޯ އަކީ 100 އިންސައްތަ ސަރުކާރު ހިއްސާވާ ކުންފުންޏަކަށް ހެދި
- ކުށްތަކަށް އަރައިގަންނަ ޒުވާނުންނަށް ލުއި ގޮތެއް ހެއްދެވި
- ރާއްޖޭގެ އިގްތިސާދީ ސަރަހައްދު ބެލެހެއްޓުމުގެ ފުލް ކޮންޓްރޯލް ދިވެހި ސިފައިންނަށް ދިން
- މީޑިއާ ތަކަށް އޮތް ލުއިކަން ފިލުވުމަށް މީޑިއާ ވިލެޖެއް ގާއިމް ކުރުމުގެ މަސައްކަތް ފެށި
- ދޮށީ އުލުރުގެ މީހުންނަށް ދާއިމީ އައިޑީ ކާޑެއް
- އެއާ އެމްބިއުލާން އަދި ސީ އެމްބިއުލާން ތައާރަފް ކުރުން
- ރައްޔިތުންގެ ހާލާ އަހުވާލު ބެލުމަށް ހާލު ކިހިނެއް ނަމުގެ ޕްރޮގުރާމެއް ހިންގި
- ނ. އަތޮޅުގައި އާރުޓީއެލް ފެރީ ފެށި
- ޕްރެޒިޑެޝަލް ޔޫތު އެޑްވައިޒަރީ ބޯޑެއް
- ގަވާއިދާ ޙިލާފު އުޅަނދުތައް ގަވާއިދަަށް ފެއްތުން
އިގްތިޞާދީ ވަރުގަދަ ބަދަލުތަކެއް:
- ފުރަތަމަ ފަހަރަށް ރާއްޖޭގައި ޑިވެލޮޕްމަންޓް ބޭންކެއް އުފެއްދެވި
- ސޮވަރިން ޑިވޮލޮޕްމެންޓް ފަންޑަށް 65 މިލިއަން ޑޮލަރު ޖަމާކުރި
- ފުރަތަމަ ފަހަރަށް އިންޓަރނޭޝަނަލް ބަންކަރިންގ ސަރވިސް ވިޔަފާރި ފެށުމަށް ވަނީ ތައްޔާރުވެފަ، ،މަސައްކަތް ފަށާތާ އަހަރެއްގެ ތެރޭ ޖީޑީޕީއަށް 400 މިލިއަން ޑޮލަރު އިތުރުކޮށްދޭނެ
- ފުރަތަމަ ފަހަރަށް ސްޕެޝަލް އިކޮނޮމިކް ޒޯންތަކަށް ހުޅުވާލި
- ބައެއް ގައުމުތަކާ އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުންތަކަށް އައުމަށް ދަނީ މަސައްކަތްކުރަމުން
- އިންޓަރނޭޝަނަލް ފައިނޭންޝަލް ސަރވިސް އޮތޯރިޓީއެއް ވަނީ އުފައްދަވާފަ
- ރާއްޖޭގައި ފޮރިން އިންވެސްޓްމަންޓަށް ޚާއްޞަ ކުރެވިގެން ޤާނޫނެއް ތަޢާރުފް ކުރުމަށްޓަކައި މިހާރު ވަނީ ބިލެއް ހުށަހެޅިފަ
- ގައުމުތަކުން ނަގާފައިވާ ލޯނުތަކަށް ލުއި ގޮތެއް ހެއްދެވި
- ކުރު މުއްދަތެއްގެ ތެރޭގައި 1 މިލިއަން ފަތުރުވެރިނަ ގެނައި
- ދައުލަތުގެ ރިކަރެންޓް ހަރަދުތައް ކުޑަކޮށް ބަޖެޓް ޑެޕިސިޓް 59 އިންސައްތަ ދަށަށް
ފެންނަން މިއޮތީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދުރުވިސްނުމުގެ ޕްލޭނުގެ ދަށުން އަހަރެއް ނުވަނީސް ގެންނެވި ބަދަލުތަކެވެ. ގެންދަވަނީ ދެމެހެއްޓެނިވި ގޮތެއްގައި މި ބަދަލުތައް ހިފަހެއްޓޭނެ ގޮތެއް ހޯއްދަވަމުންނެވެ. އިގްތިޞާދު ސިންދަފާތުކުރަމަކީ މިއަދު ކޮންމެހެން ކުރަންޖެހިފައިވާ ކަމެއްކަން ރައިސް ދަނެއެވެ.
ދައުލަތުގެ ދަރަނި ކުޑަކޮށް އަރަނި ކުރެވޭނެ ނިޒާމެއް ހަރުދަނާކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަންވެސް ރައީސް ހުރީ ދަނެގެންނެވެ.

