ޓްރީޓޮޕް ހޮސްޕިޓަލުން ގދ. ތިނަދޫ ސިޓީގައި ބާއްވަން ނިންމި މަލްޓި-ސްޕެޝިއަލިޓީ ހެލްތް ކޭމްޕް މިއަދު ފަށާ ބޮޑު ތަރުހީބެއް އެކޭމްޕަށް ލިބިއްޖެއެވެ.
އެ ކޭމްޕް ކުރިއަށްދާނީ މިއަދުން ފެށިގެން މާދަމާގެ ނިޔަލަށެވެ. އެ ކޭމްޕްގައި ޓްރީޓޮޕް ހޮސްޕިޓަލުގެ ތަޖުރިބާކާރު ޚާއްސަ ޑޮކްޓަރުންގެ ޓިމެއް ބައިވެރިވެ ވަޑައިގަންނަވައެވެ.
އެ ހެލްތް ކޭމްޕްއިން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ތެރެއިން، ކަށީގެ ބަލިތަކާއި، ކަރުންމަތީގެ ބަލިތަކާއި، ކުޑަކަމުދާ ނިޒާމްގެ މައްސަލަތަކާއި، ހުޅުހުޅުގައި ރިއްސުމާއި، ހިތުގެ ބަލިތަކާއި، ގޮހޮރުގެ ބަލިތަކާއި ވައިހެދުމުގެ މައްސަލަތަކުގެ އިތުރުން އަންހެނުންގެ ޙާއްސަ ބަލިތަކަށް ތަޖުރިބާކާރު ޑޮކްޓަރުންގެ ޓީމްތައް ވަނީ ބައިވެރިވެފައެވެ.

ޓްރީޓޮޕްގެ މެޑިކަލް ކޭމްޕް ތިނަދޫ ސިޓީގައި ފަށައިގެން ކުރިއަށް ބޮޑު ތަރުހީބެއް/ފޮޓޯ: ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް
ތިނަދޫގައި ކުރިއަށްދާ މި ހެލްތު ކޭޕްގައި ތިނަދޫ ސިޓީގެ އިތުރުން ހުވަދު އަތޮޅުގެ ގިނަބަޔަކުވެސް ވަނީ ޑޮކްޓަރަށް ދެއްކުމަށް ތިނަދޫ އަށް ގޮސްފައެވެ.
ޓްރީޓޮޕް ހޮސްޕިޓަލްއިން ކޮންމެ އަހަރަކު ދިވެހިރާއްޖޭގައި އެކި ކަންކޮޅުތަކުގައި ގިނަ ދާއިރާތަކެއް ހިމެނޭ ޞިއްޙީ ކޭމްޕްތައް ބާއްވަމުން ގެންދެއެވެ. މީގެ އިތުރުން، ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ އެހެނިހެން ސަރަޙައްދުތަކުގައިވެސް މިފަދަ ކޭމްޕްތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ފަސޭހައިން ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމަށް އަދި މުޖުތުމަޢުގައި ސިއްޙީ ހޭލުންތެރިކަން އިތުރުކުރުމަށް ޓްރީޓޮޕް ހޮސްޕިޓަލުން އިސްނަގައިގެން ކުރިޔަށް ގެންދާ ހަރަކާތެކެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލަކީ ދިވެހިރާއްޖޭގެ ޞިއްޙީ ޚިދުމަތުގެ ދާއިރާގައި އިސް ދައުރެއް އަދާކުރަމުން އަންނަ ހޮސްޕިޓަލްއެކެވެ. އެ ހޮސްޕިޓަލުގެ މައިގަނޑު އަމާޒަކީ އައު އުސޫލުތަކާއި ޚިދުމަތްތައް ތަޢާރަފުކޮށް، ދިވެހި ރައްޔިތުން ބޭރު ޤައުމުތަކަށް ޞިއްޙީ ފަރުވާ ހޯދަން ދާންޖެހޭ ސަބަބު މަދުކުރުމާއި، ޞިއްޙީ ޚިދުމަތުގެ ޚަރަދުތައް ކުޑަކުރުމެވެ.
އެންމެ ޒަމާނީ ޓެކްނޮލޮޖީއާއި ފުރިހަމަ ލެބޯޓަރީ ޙިދުމަތްތަކާއި އެކު، ޓްރީޓޮޕް ހޮސްޕިޓަލުގެ ތަޖުރިބާކާރު ސްޕެޟިއަލިސްޓުންނާއި ސިއްޙީ ދާއިރާގައި އެކި ނަން މަޟްހޫރު ދާއިރާތަކުން ޙާއްސްވެފައިވާ ޑޮކްޓަރުންގެ އަމާޒަކީ ދިވެހިރާއްޖޭގެ ރައްޔިތުންނަށް ގިނަގުނަ ޟިއްހީ ޙިދުމަތްތަކެއް ފޯރުކޮށްދިނުން ކަމަށް ވެސް ވަނީ ބުނެފައެވެ.

