ރާއްޖެއިން ފަރުވާއެއް ނެތް ބަޔަކަށް މަފާޒު ހުށަހެޅުނީ ކުޑައިރުގައެވެ. މަދުން ނޫނީ ނުފެންނަ ބައްޔެއް ކަމަށްވާ "ކެރަޓޯކޮންޖަންކްޓިވައިޓިސް" އަށް މަފާޒު ހުށައެޅުނުފަހުން އެ ބައްޔަށް ފަރުވާ ހޯދުމަށް މައުސޫމް ގެންދަނީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ. މައުސޫމް ކިޔައިދިނީ އެތައްފަހަރަކު އިންޑިއާއަށް ދެ ވިއްޖެ ކަމަށެވެ.
އަސްލު ބަލީގެ ފަރުވާ ލިބެނީ ތައިލެންޑުން ކަމަށެވެ. އެކަން އެނގުނުފަހުން މިހާރު ދަނީ ތައިލެންޑަށް ކަމަށެވެ. ތައިލެންޑަށް މަފާޒު ގޮވައިގެން ދަނީ ތައިލެންޑުގެ "ބުމުރުންގާޑް" ހޮސްޕިޓަލަށް ކަމަށާއި، މިހާރު ފެށިފައިވާ ފަރުވާ މެދުނުކަނޑާ ކުރިއަށް ގެންދިއުމަށް ޑޮކްޓަރުން ލަފާދެއްވާފައިވާ ކަމަށް މައުސޫމް ބުންޏެވެ.
މައުސޫމް ބުނީ ފެށިފައިވާ ފަރުވާއެކު ކުއްޖާގެ ހާލަތު އިހު ހުރިވަރަށްވުރެ ރަނގަޅު ކަމަށެވެ. ނަމަވެސް ފަރުވާގެ މުއްދަތުގައި ޑޮކްޓަރުން ދެއްވާ ލަފާއާއި އެކު ކުރިއަށްދާން ޖެހޭ ކަމަށެވެ. އަދި ވަރަށް ބޮޑަށް ފަރުވާ އަށް ހޭދައެއްދާ ކަމަށެވެ.

މާފާޒް ތައިލެންޑުގެ "ބުމުރުންގާޑް" ހޮސްޕިޓަލުގަ އެޑްމިޓް ކޮށްފަ
މިހާރު ބަލި ރަނގަޅުވަމުން އައި ނަމަވެސް އަދިވެސް އެއްކޮށް ކުއްޖާއަށް ރަނގަޅު ނުވާ ކަމަށާއި، ފަރުވާ ފެށިފައިވާތީ ބަރާބަރަށް ޑޮކްޓަރަށް ދައްކަމުންދާން ޖެހޭކަމަށް ވެސް މައުސޫމް ބުންޏެވެ. މިހާރު މަފާޒުގެ ވައަތްފަރާތު ލޮލުގެ އޮޕަރެޝަނަށް ޖުލައި 23 ވަނަ ދުވަހު ކުރުމަށް ޖެހިފައިވާ ކަމަށް ވެސް މައުސޫމް ބުންޏެވެ. އަދި އެ އޮޕަރޭޝަން ކުރުމަށް ތައިލެންޑަށް ދާންޖެހޭ ކަމަށްވެސް ބުންޏެވެ.

ތައިލެންޑުގެ "ބުމުރުންގާޑް" ހޮސްޕިޓަލުން މަފާޒު ލޮލުގެ ފަރުގެ ޑޮކްޓަރު ބައްލަވަނީ
މައުސޫމް ބުނީ މާފާޒުގެ ފަރުވާ އަށް ބޭނުންކުރާ ކޮންމެ އިންޖެކްޝަނެއް ގަންނަން ލިބެނީ ދިވެހި ރުފިޔާ 39301 ރުފިޔާ އަށް ކަމަށެވެ. އަދި ހަތަރު މަސް ދުވަހަށް ވާ އިންޖެކުޝަންގެ އަގަކީ 466100 ދިވެހި ރުފިޔާ ކަމަށްވެސް ބުނެފައި ވެއެވެ. މި އަދަދަކީ ލިބޭ އާމްދަނީން އަމިއްލައަށް ކުރެވޭ ހަރަދަށްވުރެ މާ ބޮޑު އަދަދެއް ކަމަށެވެ.
ނަމަވެސް ފުރިހަމަކުރަންޖެހޭ އިންޖެކްޝަނުގެ ދެ ޑޯޒް މިހާޜު ފުރިހަމަ ކޮށްފައިވާ ކަމަށާއި، މިހާރު ދާން ޖެހިފައިވަނީ އޮޕަރޭޝނަށް ކަމަށެވެ. މަހެއްގެ މައްޗަށް 15000 ރުފިޔާ ވަރަކަށް އާމްދަނިއެއްލިބޭ މައުސޫމް ދިރިއުޅެނީ މާލޭގައި ކަމަށްވާއިރު، 3 ދަރިންނާއިއެކު ހުރިހާ ޙަރަދެއް ކުރުމަށްފަހު މަސްނިމޭއިރު އަތުގައި އެއްވެސް އެއްޗެއް ނޯވެއެވެ.
މައުސޫމްގެ ދޮށީ ދަރިފުޅު މަފާޒަށް އިތުރުފަރުވާ ބޭނުންވާތީއާއި އެކު މިހާރު ކުރަންޖެހިފައިވާ އޮޕަރޭޝަނަށް އަންނަން ޖެހިފައި އޮތް ކަމަށްބުނުމުން އެކަމަށް އާންމުންގެ އެހީތެރިކަމެއް ބޭނުންވާ ކަމެކެވެ.

މަފާޒުގެ ބަލީގެ ހާލަތު އަންގައިދޭ ކުރީގެ ލިއުމެއް
ކޮންމެ ފަހަރެއްގައި ރާއްޖެއިން ބޭރަށް ދިއުމުގައި ބޮޑު ހޭދައެއް ކުރަން ޖެހޭ ކަމަށާއި، މިފަހަރުވެސް މިހޭދަ ކުރަންޖެހިފައިވާ ކަމަށެވެ. އަދި މަފާޒުގެ ފަރުވާ އޮތީ ތައިލެންޑްގެ ބުމަރަންގާޑުން ކަމުން އެހީބޭނުންވ ކަމަށްވެސް މައުސޫމް ބުންޏެވެ.
ރާއްޖެއިން ބޭރަށް ދިއުމުގައި ބޮޑު ހޭދައެއް ކުރަން ޖެހޭ ކަމަށާއި ބޭނުންވަނީ މަފާޒުގެ ފަރުވާ އަށް ދީލަތި އެހީތެރި ކަމެއް ކަމަށެވެ.
ގުޅޭނެ ނަމްބަރު: 7798697 (މައޫސޫމް ހަސަން)
އެކައުންޓް ނަމްބަރު: ބީއެމްއެލް ދިވެހި: 7712216293101 (މައުސޫމް ހަސަން)
އެކައުންޓް ނަމްބަރު: ބީއެމްއެލް ޑޮލަރު: 7730000435922 (މައޫސޫމް ހަސަން)
ނޯޓް: "ހުވަދޫ މީޑިއާގެ" އެހީ މި ސެގްމަންޓްގެ ދަށުން ގެނެސްދެވޭ ފަރާތްތަކަށް އެހީތެރިވުމަށް އެދޭ ފަރާތްތަކުން އެ އާއިލާއާ ގުޅުއްވައިގެން އެހީގެ ކަންކަން ކުރިއަށް ގެންދެވުން އެދެމެވެ.

