ކިރިޔާވެސް ވާން އޮތިއްޔާ އެމަނިކުފާނުގެ ހުރިހާ ކަމަކަށްވެސް ހަރަދު ކުރައްވާނީ ހުދު އެމަނިކުފާނު އަމިއްލަފުޅަށް ކަމަށާއި ސަރުކާރު ބަޖެޓުން ރައީސުލްޖުމްހޫރިއްޔާއަށް ހޭދަކުރެވެން އޮތަސް އެގޮތެއް އެމަނިކުފާނު ބޭނުންފުޅު ނުވާކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިރޭ ސަންގުޓީވީގައި ކުރިއަށް ދިޔަ ޕްރޮގްރާމެއްގައި ސިންގަޕޫރަށް ކުރެއްވި ދަަތުރުފުޅުތަކަށް ފަހު ސޯޝަލް އަމިއްލަ މަނިކުފާނު ދަތުރުކުރައްވާއިރު ހަރަދުކުރަނީ ކޮން ފައިސާއެއް ތޯ ކޮށްލި ސުވާލުގެ ޖަވާބުގައި ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ އަމިއްލަ ކަންތައްތަކަށް ހަރަދު ކުރައްވަނީ އަދި ކުރައްވާނީވެސް އެމަނިކފާނު އަމިއްލަފުޅަށް ކަމުގައެވެ.
ރައީސް ޑރ މުއިއްޒު ވިދާޅުވީ އުސޫލުގައި އޮންނަ ގޮތުން މުލީއާގެއިން އަމިއްލަ ދަތުރުގައި ރައީސުލްޖުމްހޫރިއްޔާއަށް ހަރަދު ކުރެވޭ ކަމަށެވެ. އެކަމަކު މިއަދާ ހަމައަށް އެމަނިކުފާނު އަދި އަނބިކަނބަލުން ވިޔަސް ދަރިކަނބަލުން ދަރިކަލުން ކަމަށްވިޔަސް އެމަނިކުފާނުގެ އަމިއްލަފުޅު އެއްވެސް ދަތުރުފުޅަކަށް ސަރުކާރުން ހަރަދުކޮށްފައި މިހާތަަނަށް ނޯންނާނެ ކަމަށްވެސް ވިދާޅުވިއެވެ.
“އަޅުގަނޑު ބޭނުމެއް ނޫން އެފުރުސަތު އޮތަސް އެގޮތަށް ބޭނުންކުރާކަށް، އަޅުގަނޑަކީ ކިރޔާވެސް ވާން އޮތިއްޔާ އަމިއްލައަށް ހުރިހާ ކަމެއް ކުރާ މީހެއް.” ރައީސް ޑރ މުއިއްޒު ވިދާޅުވިއެވެ.
“މުލީއާގެ މަރާމާތުކުރުމަށްޓަކައި ދިމްޔާތުގައި ހުރި މަސްތަކުގައިވެސް އަމިއްލައަށް ހުރިހާ ހަރަދެއް ކުރީ ވަރަށް ގިނަ އެލިގޭޝަންސްތައް އައި، މުލީއާގެ ބަޖެޓުންނޭ، ފަހުން ބިލް ކުރީއޭ. ނޫން، ނުވެސް ކުރާނަން، އަޅުގަނޑު އަމިއްލައަށް ހުރިހާ ހަރަދެއް ކުރީ. ގޭގެ ސެކިއުރިޓީ ސެޓަޕް ހަދައިގެން ކުއްޔަށްދޭ ކޮޓަރިތައް ހަމަޖެއްސީ އަމިއްލައަށް، ހުރިހާ ހަރަދެއް ސަރުކާރު ބަޖެޓުން އެރޫމުތަކަށް ލާރި ނުނަގަމޭ،” ރައީސް ވިދާޅުވިއެވެ.

