ހުޅުމާލޭ ސިނާއީ ސަރަހައްދުގައި ގަވާއިދާ ހިލާފަށް ހުރި ތަކެތި ނަގައި ސާފުކުރުމަށް ހައުސިން ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމައިިފިއެވެ.
މިކަން ހާމަކޮށް އެޗްޑީސީ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ސިނާއީ ސަރަހައްދުގައި މަދިރި އުފެދޭ ގޮތަށާއި ގަވާއިދާއި ހިލާފަށް ދުވާރު މަތީގައި ތަކެތި ބެހައްޓާފައި ހުރުމުގެ ސަބަބުން އާންމު ރައްޔިތުންނަށް އުނދަގޫތަކާއި ކުރިމަތިވުމުގެ އިތުރުން ނުރައްކާތެރި ބަލިތައް ފެތުރުމަށް މަގުފަހިވާނެތީ އެތަންތަން ސާފު ކުރުމަށް ނިންމާފައިވާ ކަމަށެވެ.
މި މުއްދަތުގެ ފަހުން އެސަރަހައްދުގައި ނުގެންގޮސް ހުންނަ ތަކެއްޗަކީ އެތަކެތީގެ ވެރިފަރާތްތަކުން ބޭނުން ނެތިގެން ދޫކޮށްލާފައިވާ ތަކެތި ކަމުގައި ބަލައި، އެތަކެއްޗާމެދު އެކޯޕަރޭޝަނަށް ފެންނަ ގޮތަކަށް އަމަލު ކުރެވޭނެ ކަމަށާއި މިމަސައްކަތުގައި ތަކެއްޗަށް އަދި ތަކެތީގެ ވެރިފަރާތްތަށް ލިބޭ ގެއްލުމަށް އެކޯޕަރޭޝަނުން ޒިންމާ ނުވާނެ ކަމަށް ވެސް އެޗްޑީސީ ގެ ބަޔާނުގައި ބުނެފައިވެއެވެ.
މިކަމާއި ގުޅިގެން އިތުރު މައުލޫމާތު ސާފު ކުރަން ބޭނުން ނަމަ 1516 ނުވަތަ 3353535 އަށް ގުޅައި މައުލުމާތު ސާފު ކުރުމަށް އެޗްޑީސީ އިން ބުނެއެވެ.

