މާފަންނު ގެއެއްގަ ހުރި ހުރިހާ އަންނައުނަކާއި ގިނަ އަދަދެއްގެ ޑޮލަރުތަކެއް އަދި ގޭގެ ތަޅުދަޑިވެސް ނަގައިގެން ބިދޭސީ މެއިޑެއް ފިލައިފިއެވެ.
އެގޭ ވެރިފަރާތުން “ހުވަދޫ މީޑިއާ”އަށް މައުލޫމާތު ދެމުން ބުނީ މެއިޑް އެ ގޭގައި ގެންގުޅޭތާ އަހަރެއް ވެއްޖެ ކަމަށާއި، ކުރިން ގޭގައި އުޅުނީ ރަނގަޅަށް ކަމަށެވެ. ނަމަވެސް ދޮގު ހަދާ އޮޅުވާލުމަށްފަހު ގެއިން ފިލައިގެންދިޔަ ގޮތަށް އޭނާ ގެ ރައްޓެހި ނޭޕާލް އެހެން އަންހެނަކާ ގުޅިގެން މިހާރު ގެންދަނީ ބިރު ދައްކަމުން ކަމަށެވެ. މެއިޑެއްގެ ގޮތުގައި މަސައްކަތް ކުރަމުން ދިޔަ ބިދޭސީ އަންހެން މީހާ ފިލީ ރޭ 7:30 އާ 8:00 އާ ދެމެދުގައި ކަމަށް ވަނީ ބުނެފައެވެ. މިއީ ގަވައިދާ އެއްގޮތަށް ރަޖިސްޓްރީކޮށްގެން ގޭގައި މަސައްކަތްކުރަން ގެންގުޅޭ އަންހެނެއް ކަމަށް ވެސް ގޭ ވެރިފަރާތުން ވަނީ ބުނެފައެވެ.
ސޯޝަލް މީޑިއާގައި ވަގު އައިޑީތައް ހަދައިގެން އެކި ޒާތްޒާތުގެ އެއްޗެހި ލިޔެ ބިރު ދައްކަމުންދާ ކަމަށް ވެސް ބުންޏެވެ.
” ދޮގު ހަދާ މަކަރު ހަދައިގެން ފިރިމީހާ އެކްސިޑެންޓް ވެގެންނޭ ފުރަތަމަ ބުނީ. މަންމަ ބައްޔޭ ބުނެ ރަށަށްދާން އުޅޭ ކަމަށް ބުނެ އެއްޗެހި ޕެކް ކުރީ. ގެއިން ދިޔައިރު ކޮޓަރީގެ ހުރި ދަރިފުޅުގެ އަންނައުނުކޮޅާ ރަން އަގޮޓި އަކާ ގޭގެ ތަޅުދަނޑި ވެސް ގެންދިޔަ. އަދި 300 ޔޫއެސްޑީވެސް ގެންދިޔަ” ގޭގެ ވެރި މީހާ
މަނޫ މާޔާ ނަމަކަށްކިޔާ އެ ނޭޕާލް މެއިޑް މިހާރު އުޅޭނީ އޭނާގެ ރައްޓެހި މީހަކާ އެކު ކަމަށާއި، މާޔާ މީހާރު ގުޅިގެން އުޅެނީ ވަރަށް ގިނަ ބަޔަކު ދަންނަ ނޭޕާލް މީހަކާއެކުގައި ކަމަށެވެ. އޭނާގެ ފަރާތުން ބިރު ދައްކަމުންދާތި އެކަމާ ކަންބޮޑުވާ ކަމަށްވެސް އެގޭގެ ވެރިފަރާތުން ވަނީ ބުނެފައެވެ.
އިތުރަށް ހުވަދޫ އަށް ކިޔައިދެމުން އޭގޭ ވެރިފަރާތުން ބުނީ މި އަމަލު މި އަންހެންމީހާ ހިންގާފައިވާއިރު އޭނާ އަކީ ގިނައަދަދެއްގެ ބިދޭސީން ގެންގުޅޭ މީހެއް ކަމަށާއި، ދުވަހަކުވެސް އެއްވެސް ފަރާތަކަށް އިހާނެތި ގޮތެއް ހަދާފައި ނުވާނެ ކަމަށެވެ. ނަމަވެސް ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް މާޔާއާއި އޭނާގެ ރަހުމަތްތެރިއާ ދެމީހުން އެކި ގޮތް ގޮތަށް އިންޒާރު ދެމުންދާ ކަމަށެވެ.

