ދިވެހި ފުލުހުންގެ ޚިދުމަތުގެ ދުވަހުގެ މުނާސަބަތާ ގުޅިގެން ފުލުހުންގެ އާސާރު ދައްކައިލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިއްޖެއެވެ.
މި ހަރަކާތް އޮންނާނީ ޤައުމީ ދާރުލްއާސާރުގައެވެ.
ފުލުހުން ބުނީ ދާރުލްއާސާރުގައި ފުލުހުންގެ އާސާރު ދައްކައިލުން ކުރިއަށް ދާނީ މެންދުރު ފަހު 2:00 އިން 6:00 އަށް ކަމަށެވެ. އަދި ރޭގަނޑު 8:00-10:00 އަށެވެ.
އަދި އަންނަ މަހުގެ އެއްވަނަ ދުވަހާއި ދެ ވަނަ ދުވަހުގެ އިތުރުން ތިންވަނަ ދުވަހުވެސް ކުރިއަށްދާނެ ކަމަށެވެ. އެގޮތުން އެ ދެ ދުވަހުވެސް ކުރިއަށްދާނީ ހެނދުނާއި ރޭގަނޑު ކަމަށެވެ.
މި އާސާރުގައި ފުލުހުންގެ ތާރީހާ ގުޅުން ގިނަ ކަންތައްތަކެއް ފެނިގެންދާނެ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުންގެ ޚިދުމަތުގެ ދުވަހުގެ މުނާސަބަތާ ގުޅިގެން ފުލުހުންގެ އާސާރު ދައްކައިލަނީ

