އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ އަމާޒަކީ މި ދައުރުގެ ތެރޭގައި 1000 ޒުވާން ޚަޠީބުން ތަމްރީން ކުރުންކަމަށް ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްްޖެއެެވެ.
ޒުވާން ޚަޠީބުން ތަމްރީން ކުރުމުގެ ދެވަނަ ބުރު ފުރިހަމަކުރި ފަރާތްތަކަށް ސަނަދު އެރުވުމަށް މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، މި ޕްރޮގުރަމަކީ މުޖުތަމަޢު ބަަލައިގެންފައިވާ މުހިއްމު ޕްރޮގުރާމެއްކަމަށާއި، މި ދައުރުގެ ތެރޭގައި 1000 ޒުވާން ޚަޠީބުން ނެރުމަށް އަމާޒުކޮށްފައިވާކަމަށާއި އެކަން ކާމިޔާބުވާނެކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތްކަމަށެވެ.
ޒުވާން ޚަޠީބުން ތަމްރީން ކުރުމުގެ ދެ ބުރެއް މިހާތަނަށް ކުރިއަށް ގެންގޮސްފައިވާއިރު 300 އަށްވުރެ ގިނަ ޒުވާނުންވަނީ ސަނަދު ހާސިލްކޮށްފައެވެ. އަދި މާލެއާއި ރާއްޖޭގެ އެކި ރަށްރަށުގައި ޒުވާން ޚަޠީބުން އަންނަނީ ހުކުރު ކުރަމުންކަން ފާހަގަކޮށްލެވެއެވެ.

