ރެޔާއިދުވާލު ދިވެހި ފުލުހުން ދެއްވާ ޒިންމާދާރު ޚިދުމަތަށް ފަޚުރުވެރިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވެފައިވަނީ ދިވެހި ފުލުހުންގެ ހިދުމަތުގެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. މި ޕޯސްޓުގައި ރައީސް ވިދާޅުވީ ދިވެހި ޤައުމާއި ރައްޔިތުންނަށްޓަކައި، ރެޔާއިދުވާލު ދިވެހި ފުލުހުން ދެއްވާ ޒިންމާދާރު ޚިދުމަތަށް ފަޚުރުވެރިވެ ޝުކުރު އަދާ ކުރައްވާ ކަމަށާއި އެ ހިދުމަތުގެ އަގު ވަޒަން ކުރައްވާކަމަށެވެ.
މިއަދަކީ ދިވެހި ފުލުހުންގެ ހިދުމަތް މަދަނީ ވަކި ޖަމިއްޔާއެއްގެ ގޮތުގައި ހިދުމަތް ދޭން ފެށިތާ 20 އަހަރުފުރުނު ދުވަހެވެ.
ފުލުހުންގެ ހިދުމަތް ދަނީ ވަކި މުއައްސަސާއެއްގެ ގޮތުގައި ގާއިމުވެގެންދިޔައީ 2004 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ 1ވަނަ ދުވަހުގައެވެ. އޭގެ ކުރިން މި ހިދުމަތް ފޯރުކޮށްދެމުން އައީ 1933 ވަނަ އަހަރުގެ މާރިޗު މަހުގެ 29 ވަނަ ދުވަހުން ފެށިގެން ނޭޝަނަލް ސެކިއުރިޓީ ސާވިސްގެ ފިޔަވަތީގައެވެ.
ފާއިތުވި 20 އަހަރުގެ ތެރޭގައި ދިވެހި ފުލުހުންގެ ހިދުމަތަށް އެކި ބަދަލުތައް ގެނެސް ޒަމާނާ އެއްގޮތަށް ދަނީ ހިދުމަތް ފޯރުކޮށްދެމުން އައި ކަން ފާހަގަ ކޮށްލެވެއެވެ.

