ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ހިއްސާ ވިއްކަން ފަށަން ވިސްނުމަށް ވަޒީރުން މަޖިލީހުން މިއަދު ނިންމައިފިއެވެ.
ހައުސިން މިނިސްޓަރު ޑރ އަލީ ހައިދަރު ވިދާޅުވީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ހިއްސާ އާއްމުނަށް ވިއްކުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ވިސްނުމެއްކަމަށެވެ.
މިއަދު ބޭއްވި ކެބިނެޓް ބައްދަލުވުމުގައި ނިންމާފައިވަނީ އެޗްޑީސީގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ފަހި ދިރިއުޅުން ކޯޕަރޭޝަން ހަމަޖެއްސުމަށެވެ. ކެބިނެޓުން މިއަދު ނިންމެވި ނިންމެވުންތައް ނޫސްވެރިންނާ ހިއްސާކުރުމަށް ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހައުސިން މިނިސްޓަރު ޑރ.އަލީ ހައިދަރު ވިދާޅުވީ، އެޗްޑީސީގެ ހިއްސާ އާއްމުނަށް ވިއްކުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުން ފުޅެއްކަމަށެވެ.
މިއަދު ކެބިނެޓުން މިކަން ނުނިންމެވި ނަމަވެސް ރައީސް ޑރ. މުއިއްޒުގެ ވިސްނެވުމަކީ އެޗްޑީސީގެ ހިއްސާ ރައްޔިތުންނަށް ވިއްކެވުންކަމަށް މިނިސްޓަރު ހައިދަރު ވިދާޅުވިއެވެ.
ވަޒީރުންގެ މަޖިލީހުން މިއަދު ވަނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއި ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރުސީއެލް) އެއްކޮށްލުމަށް ނިންމައިފައެވެ. އެ މަސައްކަތް އަންނަ ޖެނުއަރީ މަހުގެ ނިޔަލަށް ނިންމައިލެވޭނެ ކަމަށް ސަރުކާރުން ބުނެއެވެ.

