އަންހެނަކު ރަހީނުކޮށް ކަރުގައި ވަޅި ޖެއްސި އަތުހަރު ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މަރުވާން އުޅެފިއެވެ.
މިކަމާ ގުޅިގެން ފުލުހުން މީޑިޔާތަކަށް މައުލޫމާތުދެމުން ބުނީ އޭނާ މަރުވާން މަސައްކަތްކުރި ކަމަށާއި އޭނާ ވަނީ ހޮސްޕިޓަލަށް ގެންގޮސްފައި ކަމަށެވެ. އަދި އޭނާ މަރު ނުވާ ކަމަށާއި މަރުވާން އުޅުމުގެ ތެރޭގައި ލިބުނު އަނިޔާތަކަށް މިހާރު އަންނަނީ ހޮސްޕިޓަލުގައި ފަރުވާދެމުން ކަމަށް ފުލުހުން ބުނެފައިވެއެވެ.
މި ހާދިސާ ހިނގާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. މި ހާދިސާގައި އެ އަންހެން މީހާ ސަލާމަތް ކުރަން އުޅުމުގެ ތެރޭގައި ފުލުހުން ބާރުގެ ބޭނުން ކޮށްފައިވެއެވެ. އަތުހަރު އަށް އަނިޔާ ވެފައި ވަނީ ފުލުހުން ބާރުގެ ބޭނުން ކުރުމުގެ ސަބަބުންނެވެ. މީނާ އަށް އެންމެ ފުރަތަމަ ފަރުވާ ދީފައިވަނީ އޭޑީކޭ ހޮސްޕިޓަލުގައެވެ. އެއަށްފަހު މީނާގެ ހާލު ގޯސްވުމުގެ ސަބަބުން އައިޖީއެމްއެޗްގައި ފަރުވާ ދީފައިވެއެވެ.
މި މައްސަލައިގައި ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވަނީ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށެވެ.
މި ހާދިސާގައި ހަރަކާތްތެރިވި ފުލުހުންނާއި ބައްދަލުކޮށް އެ ފުލުހުންގެ މަސައްކަތަށް ކޮމިޝަނާ އޮފް ޕޮލިސް ބައްދަލުކުރައްވައި ޝުކުރުއަދާ ކުރައްވާފައި ވެއެވެ.
އޭގެ އިތުރުން މި ހާދިސާގައި ފުލުހެއްގެ އަތް ވަރަށް ބޮޑަށް ޒަހަމް ވެފައިވާ ކަމަށް ވެސް ސީޕީ ވިދާޅުވެފައިވެއެވެ.

