އިދިކޮޅު ފަރާތްތަކުން ސިނަމާލެ ބްރިޖުގެ ލޭނެއް މަދު ވާހަކަ ދައްކަނީ އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލަ އިތުރަށް ބަލާނެކަން ޔަގީންވާތީ ކަމަށް ހެލްތު މިނިސްޓަރު ޑރ. ޢަބްދުﷲ ޚަލީލް މިރޭ ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން ޢަބްދުލްޤައްޔޫމްގެ ޒައާމަތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ބެލުމުގެ ދަށުން މާލެއާއި ހުޅުމާލެއާ ދެމެދު އަޅާފައިވާ ބްރިޖްގެ ލޭނެއް މަދު ވާހަކަ އޭގެ ހަ އަހަރު ފަހުން މިހާރު ވަނީ ދައްކަން ފަށާފައެވެ.
އެ ވާހަކަތަކާ ގުޅިގެން މިނިސްޓަރު ޑރ. ޚަލީލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ލޭނެއްގެ ވާހަކަ ނަގައިގެން ދައްކަނީ ގާނޫނު ހިނގާނެކަން އެނގޭތީއާއި މި ސަރުކާރުން އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލަ އިތުރަށް ބަލާނެކަން އިދިކޮޅު ފަރާތްތަކަށް ޔަގީންވާތީ ކަމަށެވެ.
ކެމްޕެއިނަށް ޕީޕީއެމްއަށް ލިބުނު 100 މިލިއަން އަމިއްލަ އެކައުންޓްގަ ހުރިކަން ކޯޓުގައި އެއްބަސްވެފިފައިވާތީ، އެ ހޯދަން ޕީޕީއެމްއިން މަސައްކަތް ކުރާނެކަން އެނގޭތީ.
ސިނަމާލެ ބްރިޖް ހެދިއިރު ވެސް އޮތީ ޖުމްލަ ހަ ލޭނެވެ. އެ ހަ ލޭނު މިއަދު ވެސް ފެންނާން އެބައޮތެވެ.
ބްރިޖްގައި ހިމަނަން ނިންމި ބައިސްކަލް ދުއްވާ ލޭނު މަދުކަމަށް ބުނެ ވާހަކަ ދައްކަމުން އަންނައިރު ދާދިފަހުން ރައީސް ޑރ. މުޢިއްޒު ވެސް ވަނީ އެކަން ދޮގުކުރައްވައިފައެވެ. އަދި އެމަނިކުފާނު ވަނީ ބްރިޖްގެ ލޭނުގެ އަދަދަށް އެއްވެސް ބަދަލެއް ނާންނަ ކަމަށް ވެސް ވިދާޅުވެފައެވެ.

