ރާއްޖޭގެ އިގުތިސާދަށް އަންނަމުންދާ ބަދަލު ތައް، އެންމެ ރަގަޅަށް ވަޒަން ކޮށްލެވޭނެ އެއް ކަމަކީ، ރާއްޖެ އަށް އެތެރެ ވަމުންދާ މުދަލުގެ އަދަދަށް އަންނަމުންދާ އުނި އިތުރު ވުމަކުން ކަމަށާއި މިއީ ހެޔޮ ފާލެއް ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމް ވިދާޅުވެއްޖެއެވެ.
ފާއިތުވެ ދިޔަ އަހަރުތަކުގައި ރާއްޖެއަށް މުދާ އެތެރެކޮށްފައިވާ ތަފާސް ހިސާބު ދައްކުވައިދިން ގްރާފް ހިއްސާ ކުރަމުން ވަޖީހު ވިދާޅުވީ، އެވުރޭޖް ކޮށް މަހެއްގެ މައްޗަަށް ރާއްޖެ އަށް ކާގޯ އެތެރެ ކުރެވިފައިވާ މިންވަރު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ.
އަދި ރާއްޖޭގެ ތާރީޚަށް ބަލާއިރު ކޮންޓެނަރައިޒް ކާގޯ އެންމެ ގިނައިން ރާއްޖެ އަށް އެތެރެ ކުރެވިފައި ވަނީ 2018 ވަނަ އަހަރު ކަމަށާއި، އެހެން ކަމުން ރާއްޖޭގެ އިގުތިސާދަށް އަންނަމުންދާ ބަދަލްތައް ވަޒަން ކޮށްލުމަށްޓަކައި، މި 2 ގުރާފުން ދައްކައި ދީފައިވަނީ، 2018 ވަނަ އަހަރުން ފެށިގެން މިއަހަރުގެ އޯގަސްޓު މަހުގެ ނިޔަލަށް އެވުރެޖް ކޮށް މަހެއްގެ މައްޗަށް ރާއްޖެ އަށް، ޖެނެރަލް ކާގޯ އާއި، ކޮންޓެނަރައިޒް ކާގޯ އެތެރެ ކުރެވިފައިވާ މިންވަރުކަމަށް ސީއީއޯ ވިދާޅުވެފައިވެއެވެ.
ރާއްޖޭގެ ތާރީޚަށް ބަލާއިރު ކޮންޓެނަރައިޒް ކާގޯ އެންމެ ގިނައިން ރާއްޖެ އަށް އެތެރެ ކުރެވިފައި ވަނީ 2018 ވަނަ އަހަރު. އެހެން ކަމުން ރާއްޖޭގެ އިގުތިސާދަށް އަންނަމުންދާ ބަދަލްތައް ވަޒަން ކޮށްލުމަށްޓަކައި، މި 2 ގުރާފުން ދައްކައި ދީފައިނީ، 2018 ވަނަ އަހަރުން ފެށިގެން މިއަހަރުގެ އޯގަސްޓު މަހުގެ ނިޔަލަށް އެވުރެޖް ކޮށް މަހެއްގެ މައްޗަށް ރާއްޖެ އަށް، ޖެނެރަލް ކާގޯ އާއި، ކޮންޓެނަރައިޒް ކާގޯ އެތެރެ ކުރެވިފައިވާ މިންވަރު- ވަޖީހު

ރާއްޖެއަށް މުދާ އެތެރެކޮށްފައިވާ މިންވަރު ދައްކުވައިދޭ ގްރާފް
މީގެ އިތުރަށް ސީއީއީ ވިދާޅުވީ ގަބޫލް ކުރަން ޖެހޭ ހަގީގަތަކީ، ރައީސް ޑޮކްޓަރ މުހައްމަދު މުޢިއްޒު ގެ ވެރިކަން ފެށިގެން މިވީ ކުޑަ ދުވަސް ކޮޅުގެގެ ތެރޭގައި ރާއްޖެ އަށް އެތެރެކުރެވިފައިވާ މުދަލުގެ އަދަދު ރާއްޖޭގެ ތާރީޚްގައި ދުވަހަކުވެސް އިތުރު ނުވާ މިންވަރަށް އިތުރު ވެފައިވާ ކަމަށާއި، މިއިން ދައްކައި ދެނީ، ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ވެރިކަން ފެށުމާއި އެކު ރާއްޖޭގެ އިގުތިސާދަށް ހެޔޮ ބަދަލު އަންނަން ފަށައި، އިގުތިސާދު ކުރިއަރަން ފަށާފައިވާ ކަމެއް ކަމަށެވެ.
އަދި މިހާރު ސަރުކާރުން ފެށުމަށް ތައްޔާރު ވަމުންދާ، މުހިންމު ޕޮރޮޖެކްޓް ތައް ފެށުމުން، ރާއްޖޭގެ އިގުތިސާދު ދުވަހަކުވެސް ކުރިއަރާފައި ނުވާ މިންވަރަށް ކުރިއަރައި، ރާއްޖޭގެ ރައްޔިތުންގެ ފުދުންތެރިކަން ވަރަށް ބޮޑަށް އިތުރުވެގެން ދާނެ ކަމަށް ސީއީއޯ ވަޖީހު ވިދާޅުވިއެވެ.
އެމްޕީއެލްގެ ސީއީއޯ މިހެން ވިދާޅުވި އިރު އެމްޕީއެލުން ދަނީ ރާއްޖޭގައި މެރިޓައިމް ދާއިރާއަށް އިންގިލާބީ ހެޔޮބަދަލުތަކެއް ގެނައުމުގެ ބިޔަ މަސައްކަތް ކުރަމުންނެވެ. ރާއްޖޭގެ އެންމެ އުތުރުގައި އިންޓާނޭޝަނަލް ބަންކަރިންގެ ހިދުމަތް ދިނުމުގައި ބޭނުން މެރިޓައިމް ދާއިރާއާއި ގުޅުން ހުރި ބޮޑެތި މަސައްކަތްތައް ކުރުމަށް ސަރުކާރުން ހަވާލުކޮށްފައިވަނީ އެމްޕީއެލާއިއެވެ. އަދި މީގެ އިތުރުން ކުޅުދުއްފުށި ބޯޓު ޔާޑާއި، ލ މެރިޓައިމް ހަބުގެ އިތުރުން ސީ ޓު އެއަރ ކާގޯ ހިދުމަތަކީ އެމްޕީއެލުން ފަށާފައިވާ މުހިންމު މަސައްކަތްތަކަވެ.

