ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް، ކްލަބު މޯލްޑިވްސް ކަޕް 2024 ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފިއެވެ.
ކްލަބު މޯލްޑިވްސް ކަޕް 2024 ހުޅުވުމުގެ ރަސްމިއްޔާތު ކުރިއަށްދިޔައީ ރޭ ރެހެންދި ސުކޫލު ފުޓްސަލް ދަނޑުގައެވެ.
މި ރަސްމިއްޔާތުގައި ނައިބު ރައީސް ވަނީ ކްލަބު މޯލްޑިވްސް ސީޒަން ފެށުމުގެ ގޮތުން މެޗު ކުޅުމަށް ބޭނުންކުރާ ބޯޅަ ރެފްރީންނާ ހަވާލުކޮށްދެއްވައިފައެވެ.
އެއަށްފަހު އެމަނިކުފާނު ވަނީ މި ސީޒަން ފެށުމުގެ ގޮތުން ކްލަބު ވެމްކޯ އަދި ޖޯލި މޯލްޑިވްސް ކުޅުނު މެޗު ބައްލަވައިލައްވާފައެވެ. ވެމްކޯ ޓީމުން މި މެޗު ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ.
މި ރަސްމިއްޔާތުގައި ނައިބު ރައީސް ވަނީ ވެމްކޯ ޓީމަށް ޝީލްޑާއި މެޑަލް ހަވާލުކޮށްދެއްވާފައެވެ.

