ތ. އަތޮޅުގެ ރަށްރަށުގައި ކަރަންޓުގެ ޚިދުމަތް ދިނުމަށް މަސައްކަތްކުރާ ފަންނީ މުވައްޒަފުންނަށް އަމާޒުކޮށްގެން ޚާއްޞަ ތަމްރީނު ޕްރޮގްރާމެއް މިހާރު ކުރިއަށްދާކަމަށް ފެނަކަ ކޯޕަރޭޝަނުން މަޢުލޫމާތު ދީފިއެވެ.
މި ތަމްރީނު ޕްރޮގްރާމަކީ ސޯލާ ޕީވީ-ޑީސަލް-ބީއީއެސްއެސް ހައިބްރިޑް ސިސްޓަމް ހިންގުމާއި ބެލެހެއްޓުމަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މިއަދަކީ މި ތަމްރީނު ޕްރޮގްރާމުގެ ދެވަނަ ދުވަހެވެ.
ފެނަކަ ކޯޕަރޭޝަނުން މަޢުލޫމާތު ދީފައިވާ ގޮތުގައި މި ތަމްރީނު ޕްރޮގްރާމް އަމާޒުކޮށްފައިވަނީ ތ. އަތޮޅުގެ ރަށްރަށުގައި ހުރި ޕަވަރހައުސްތަކުގައި މަސައްކަތްކުރާ ފަންނީ މުވައްޒަފުންނަށެވެ. މި ތަމްރީނު ޕްރޮގްރާމުގެ ސަބަބުން މުވައްޒަފުންނަށް އެ ސިސްޓަމް ހިންގުމާއި ބެލެހެއްޓުމުގެ ހުނަރު އިތުރަށް ތަރައްޤީވެގެންދާނެ ކަމަށް ބެލެވެއެވެ.

