ރާއްޖެއާއި ވިއެޓްނާމްއާ ދެމެދު އޮތް ގާތް ރަހުމަތްތެރި ގުޅުން ކުރިއަށް އޮތް އަހަރުތަކުގައި އިތުރަށް ބަދަހިވެގެންދާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ޒަމީރު މިހެން ވިދާޅުވީ ވިއެޓްނާމްގެ ގައުމީ ދުވަހުގެ މުނާސަބަތުގައި، އެ ގައުމުގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒަށް ފޮނުއްވި މެސެޖެއްގައެވެ.
މިގޮތުން ފޮނުއްވި މެސެޖުގައި މިނިސްޓަރު ޒަމީރު ވަނީ ވިއެޓްނާމްގެ ގައުމީ ދުވަހުގެ މުނާސަބަތުގައި، އެ ގައުމުގެ ސަރުކާރަށާއި، ރައްޔިތުންނަށް ވެސް ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވާފައެވެ.
މީގެއިތުރުން މިނިސްޓަރުގެ މެސެޖުގައި ވަނީ ދެ ގައުމުގެ ދެމެދު އޮތް ގާތް ރަހުމަތްތެރި ގުޅުން ކުރިއަށް އޮތް އަހަރުތަކުގައި އިތުރަށް ބަދަހިވެގެންދާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވިދާޅުވެފައެވެ. އަދި ދެ ގައުމުގެ ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި، އެއްބާރުލުމާއި އެކުވެރިކަން އިތުރަށް ބަދަހިކުރެއްވުމުގައި ވަރަށް ގާތުން މަސައްކަތް ކުރެއްވުމަށް އުންމީދުކުރައްވާ ކަމުގައި ވެސް މިނިސްޓަރު ޒަމީރު ވިދާޅުވިއެވެ.
މިނިސްޓަރުގެ މެސެޖު ނިންމަވައިލައްވަމުން ވަނީ ވިއެޓްނާމްގެ ރައްޔިތުންނަށް ދުޅަހެޔޮކަމާއި ސުލްހައާއި ތަނަވަސްކަން ލިބުމަށް އެދިވަޑައިގަންނަވައިފައެވެ.

