ހުޅުމާލެއިން ބިދޭސީއަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
ފުލުހުންގެ ޚިދުމަތުން މިއަދު ބުނީ ގެއްލިގެން ހޯދަމުން އަންނަނީ އިންޑިއާގެ ރައްޔިތެއް ކަމުގައިވާ އައިޑީ މޮހަމެޑް ސެޚް (32އ) ކަމުގައެވެ.
މޮހަމެޑް ސެޚް ހޯދަމުންދަނީ އޭނާއަށް ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓުކުރުމުންނެވެ.
އޭނާއާބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ، އެކަން ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ޕޮލިސް ސްޓޭޝަންގެ ނަންބަރު 9980062 އަށް ނުވަތަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ގުޅައި ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

